ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރުމަށް ކޯޓަށް

ރައީސް ސާލިހު އަދި ރައީސް ނަޝީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ އެމްޑީޕީގެ އިސް ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައިގެން ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސަންޓް 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު  39 ޕަސަންޓެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތީލް ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ޕޮލިސް ބޯޑުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރުއެވެ. އޭނާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއިދު ކުރައްވި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދުއެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށް ހާމިދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ  އިންތިޚާބު ބާއްވާފައިވަނީ ވަކިކުރި 39،000 މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމުގައިވާތީ އެ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް އަލުން އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. އަދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން ރައީސް ސާލިޙްއަށް ރިޔާސީ ޓިކެޓް ދިނުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ބޭއްވުމަށް ހުއްޓވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް މައްސަލައިގައި ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓަސްއަޕްގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ  އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ގަޑުބަޑުކޮށް، އޮޅުވާލިކަމުގެ ތުހުމަތު ތަކުރާރު ކުރައްވައި ޕާޓީގެ ދަފްތަރުން އުނި ކުރި މީހުންނަށް ފުރުސަތު ދީގެން ގޮތް ނިންމުމަށް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައެވެ.

ގައުމީ މަޖިލީހުގެ ވަޓަސްއަޕް ގުރޫޕަށް ފޮނުވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާ ކުރުމުން ރައީސް ސޯލިހަށް ލިބުނު ގިނަ ވޯޓު އުނިވާނެ ކަމަށެވެ. ނަމަވެސް ވޯޓާސް ލިސްޓަށް ބަލައި، ކުޑަ ފަރަގަކުން ރައީސް ސޯލިހު މޮޅުވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ހުށަހެޅުއްވީ، ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އެމްޑީޕީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮށް ޕާޓީން ވަކި ކުރި 39،000 މެމްބަރުން އަލުން ޕާޓީ އާއި ގުޅުމަށް ފަހު ދެން ކެނޑިޑޭޓާއި މެދު ގޮތެއް ކަނޑައެޅުމަށެވެ. އަދި ”ފިކުރެއްގެ ދިރުން“ ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ އޭގެ ފަހުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު، ގެ ކުރިއަށް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށް އެއްބަސް ވާ ކެނޑިޑޭޭޓަކީ ތާއީދު ކުރަން ފަސޭހަ ކެނޑިޑޭޓަކަށް ވާނެކަމަށެވެ.

ރިޔާސީ އިންތިހާބަށް އިއުލާނު ކުރިމާއި ދެމެދު ދެން އޮތީ ފަސް މަސްކަމަށްވުމާއި އެކު، 2023 ކާމިޔާބު ކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ސޯލިހު ވަނީ، ރައީސް ނަޝީދަށް ދައުވަތު ވެސް އަރުވާފަ އެވެ. އަދި މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުންކަމަށް ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: