ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާންގެ ބަހުގެ ހަމަލާތަކެއް؛ ދީނާއި ދެކޮޅު ފިކުރު ރާއްޖޭގައި ދިރުވުމަށް ޖާގައެއް ނުދެވޭނެ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު އެކި ގޮތްތައް ހޯދައިގެން، އިސްލާމް ދީނާއި ދެކޮޅު ފިކުރުތައް ފެތުރުމަށްޓަކައި ޖާގަ ދެވިގެން ނުވާނެކަމަށް ބުނެ ހޯމް މިނިސްޓަރު، އަދި ސަރުކާރު ކޯލިޝަން ޕާޓްނަރު އިމްރާން އަބްދުﷲ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި، 2023 ގެ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަށަވަރު ކުރުމާއި އެކު ވެސް އިމްރާން ޓުވީޓުތަކެއް ކުރެއްވި އެވެ. އަދި ރިޔާސީ ކެމްޕެއިނުގެ ދުވަސްވަރު ވެސް ރައީސް ނަޝީދަށް އަމާޒުކޮށް އެކި ޓުވީޓުތައް ކުރައްވައި ފާޑުވިދާޅުވި އެވެ.

އިންތިހާބުގެ އެއް ދުވަސް ކުރިން އިމްރާން ހިއްސާ ކުރި އަރަބި ޅެން ބައިތެއްގައި ވަނީ ”ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ގޮސް ސަވާރީންގެ ފައި ދަށުން ރަނގަޅަށް ހިރަފުސް އަރާލުމުން ތިމަންނާ ސަވާރުވެ ހުރީ އަހަކަށް ކަން ނުވަތަ ހިމާރަކަށްކަން ސާފުވާނެ“ ކަމަށެވެ. އަދި އިންތިހާބު އޮތް ދުވަހު އިތުރު ޓުވީޓެއްކޮށް ވިދާޅުވީ ބަޔަކަށް ރަނގަޅު ވާހާ ގޮތަކީ ހައްގެއް ނޫން ކަމަށާއި ބަޔަކަށް ރަނގަޅު ވިޔަސް ނުވަތަ ނުވިޔަސް ހައްގު ވަނީ ހައްގަށް ކަމަށެވެ.

ރައީސް ސޯލިހަށް ރިޔާސީ ޕްރައިމެރީ ކާމިޔާބު ކުރެވުމަކީ އެއީ އިމްރާން ވިދާޅުވި ގޮތުގައި، ތަފާތު ފިކުރުގެ ގިނަ މީހުން ބައިވެރިކޮށް މަޝްވަރާގެ އުސޫލުން ގައުމު ހިންގުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް އެމްޑީޕީގެ މެމްބަރުން ގަބޫލު ކުރާކަމުގެ ހެއްކެކެވެ. އަދި ޕާޓީގެ އާއްމު މެބްބަރުން ތާއީދު ކުރާ ގޮތަކީ އެއީކަން ސާފުވާކަމަށް ވިދާޅުވި އެވެ.

އިންތިހާބުގެ ނަތީޖާއާއި މެދު ސުވާލު އުފައްދައި، ރައީސް ނަޝީދު ޕާޓީގެ ގައުމީ މަޖިލީހަށް މިއަދު ފޮނުވި މެސެޖެއްގައި ”ފިކުރެއްގެ ދިރުން“ ގެ ހަރަކާތްތައް ރާއްޖޭގެ ރަށްތަކުގައި ހިންގައި ޕާޓީން ކަނޑާލިކަމަށް ބުނެ 39،000 މެމްބަރުންގެ ބަސް ހިމެނޭހެން ރިޔާސީ ކެނޑިޑޭޓު ނިންމުމަށް ހުށަހެޅުއްވި އެވެ. އަދި މިހާރު ޖަހާ ހިސާބުތަކުން 2023 ރައީސް ސޯލިހަށް ކާމިޔާބު ކުރެވޭނެ ގޮތެއް ނެތްކަމަށް ވިދާޅުވި އެވެ.

”ފިކުރެއްގެ ދިރުން“ އަށް ފާޑުކިޔައި އިމްރާން ސިފަ ކުރީ އެއީ އެއްގޮތަކުން ކާމިޔާބު ނުލިބޭނަމަ އެހެން ގޮތްތަކެއްގެ ތެރެއިން އިސްލާމް ދީނާއި ދެކޮޅު ފިކުރު ހޯދުންގެ ގޮތުގަ އެވެ. އަދި ވިދާޅުވީ އެފަދަ ފިކުރެއް ދިރުވުމަށް ރައްޔިތުން ޖާގައެއް ނުދޭނެކަން އެގޭއިރު އިސްލާހުވެ ހެޔޮ މަގަށް ބަދަލާވާން ޖެހޭ ވަގުތަކީ މިއީ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާއި ގުޅުވައި އެންމެ ގިނަ ޓުވީޓުތައް ކުރެއްވީ އަދާލަތު ޕާޓީގެ މެމްބަރުންނެވެ. އަދި އިމްރާން ވެސް، ރައީސަށް ތާއީދުކޮށް ރައީސް ނަޝީދަށް އިންތިހާބު ދީގެން ވާނީ ގެއްލުންކަމަށް ބުނެ ޓުވީޓުތައް ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: