ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނ ވެލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލްކޮށްފިއެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމުުގެ ދަށުން 67،020 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 19،513 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި 2،414 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން ހިމެނެއެވެ،

މީގެ އިތުރުން  12 މީޓަރުގެ ބްރޭކް ވޯޓާ ޖެހުމާއި 151 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 167 މީޓަރު އެއްގަމު ތޮށި ޖެހުމާއި 155 މީޓަރު ސްކޯރިންގ އެޕްރޮން ޖެހުމުގެ އިތުރުން 10 މޫރިންގ ބޮއި ހަރުކުރުން ހިމެނެއެވެ. އަދި 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި 120 މީޓަރ ކޮންކްރީޓް ޖެޓީ އެއް ހެދުމާއި 2 ނެވިގޭޝަނަލް ލައިޓް ހަރުކުރުމާއި 22 މަގު ބައްތި ހަރުކުރުމާއި 2433 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ މި  މަސައްކަތް ހަވާލުކޮށްފައިވަނީ 50،042،766.42 މިލިއަން ރުފިޔާއަށެވެ.

މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 500 ދުވަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: