ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް މައްސަލައަކީ ރައީސް ސާލިހަށް ވެރިކަން ދިނުމުން ވެރިކަން ނުކުރައްވާތީ: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދައިރާގެ މެމްބަރު، އަދި ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އިންތިހާބަށް ކަނޑައަޅާފައިވާ އެޖެންޓު ހަސަން ލަތީފް/ ފޮޓޯ: ހަތާވިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި މެދު ހިތްހަމަޖެހިވަޑައިނުގަންނަވަނީ އެމަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ނޫންކަމަށާއި، މައްސަލައަކީ އެ މަނިކުފާނު ވެރިކަން ނުކުރައްވާތީކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން އެޖެންޓު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުގެ ފަރާތުން އެ ޕާޓީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ވޯޓަރޒް ލިސްޓާއިމެދު މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ޕާޓީގެ ޕްރައިމަރީ މިވަގުތު މަޑުޖައްސާލަން މުހިންމުކަމަށެވެ. އަދި ކުރަންވީ ކަމަކީ ވަކި ކުރެވިފައިވާ ޕާޓީގެ 41 އިންސައްތަ މެމްބަރުނަށް ގޮތެއް ހޯދައިދުންކަމަށާއި ޕްރައިމަރީގެ ކަންކަން ކުރަންވީ އެކަމަށް ހައްލެއް ހޯދުމަށް ފަހުކަމަށް ހަސަން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ރައީސް ސާލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދަށް އަމާޒުކުރެއްވި ފާޑުކިޔުން ފާހަގަކުރައްވާ އެކަމާއިމެދު ދެކިލައްވާ ގޮތާއިމެދު ސުވާލުކޮށްފައެވެ. އެގޮތުން ރައީސް ނަޝީދާއި އެމަނިކުފާނާއި ދެމެދު މައްސަލަޖެހިފައިވަނީ ރައީސް ނަޝީދު ވެރިކަން ބޭނުންވެވަޑައިގަންނަވާތީކަމަށާއި އެމަނިކުފާނު ވެރިކަމުގައި ހުންނެވުމުންވެސް ރައީސް ނަޝީދު ހިތްހަމަޖެހިވަޑައިނުގަންނަވާކަމަށް ރައީސް ސާލިހު ވިދާޅުވިކަމަށް ނޫސްވެރިޔަކު ފާހަގަކުރިއެވެ.

ރައްދު ދެއްވައި ހަސަން ވިދާޅުވީ، ރައީސް ނަޝީދަށް މައްސަލައަކީ އެއީ ނޫންކަމަށެވެ. އަދި މައްސަލައަކީ ރައީސް ސާލިހު އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރައްވާތީކަމަށާއި ރައީސް ސާލިހު ވަޑައިގެންނެވީ ގިނަ އަދަދެއްގެ ވައުދުތައް ވެފައިކަމަށްވީނަމަވެސް އެކަން ކަން ކުރެއްވުމަށް ރައީސް ސާލިހު މަސައްކަތް ނުކުރައްވާކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ރައީސް ނަޝީދަށް މައްސަލައަކީ ރައީސް ސާލިހު “ވެރިކަމުގައި ނުހުންނެވުން” ކަމަށެވެ. އެނާ ވިދާޅުވީ، ރައީސް ނަޝީދަށް މައްސަލައަކީ ރައީސް ސާލިހު ވެރިކަން ކުރައްވާތަން ފެނިވަޑައިނުގަތުންކަމަށެވެ. އަދި އެމަނިކުފާނު އެއްވެސް ކަމެއް ކުރައްވާ މަންޒަރު ފެނިވަޑައިނުގަތުމަކީވެސް ރައީސް ނަޝީދު ރައީސް ސާލިހާއިމެދު ނުރުހުންވެވަޑައިގަންނަވާކަމެއް ކަމަށާއި، ކަންކަމާއި އަޅާނުލެއްވުމަކީވެސް ރައީސް ސާލިހުގެ ފަރާތުން ފެނިވަޑައިގަންނަވާ މަންޒަރެއްކަމަށް ހަސަން ވިދާޅުވިއެވެ.

އެނާ ވިދާޅުވީ ރައީސް ސާލިހާއިމެދު ރައީސް ނަޝީދު ނުރުހުންވެވަޑައިގަންނަވަނީ އެމަނިކުފާނު “އިންތިހާއަށް ރިއެކްޓު” ނުކުރައްވާތީކަމަށެވެ. އެގޮތުން ރައީސް ސާލިހު އެއްވެސް ކަމެއްގައި “ރިއެކްޓު” ނުކުރައްވާ ކަމަށް ފާހަގަކުރައްވާ ހަސަން ވިދާޅުވީ، މެނިފެސްޓޯ އޮތީ އޮތް ތާނގައިކަމަށާއި އެމަނިކުފާނު އެހެންކަމަކާއި އުޅުއްވާއިރު މި ވެރިކަމުގައި އިންތިހާއަށް ކޮރަޕްޝަންގެ މައްސަލަތައް ގިނަވެ އެކަންކަން ހިންގަވަނީވެސް ގާތްބޭފުޅުންކަމަށްވާއިރު، ރައީސް ސާލިހު ހުންނަވަނީ އެކަމަށް ލޯމަރުއްވައިގެންކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ، ރައީސް ނަޝީދާއި ރައީސް ސާލިހު ދެމެދު އޮތީ އެ މައްސަލަތައްކަމަށެވެ.

ހަސަން ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަކީ އެމްޑީޕީގެ ވައުދެއް ކަމަށެވެ. އެހެންނަމެވެސް ބޮޑެތި ހިޔާނާތްތަކުގައި ޝާމިލުވެފައިވާ ފަރާތްތައް ރައީސް ސާލިހުގެ ކެމްޕެއިންނަށް ހަރަދުކުރައްވާނެކަމަށް ބުނަމުންދާއިރު، އެކަމަށް އެމަނިކުފާނު އަޅާނުލައްވާ ހުންނެވުމުން އެމްޑީޕީ ސިފަކުރެވެނީ ވަރަށް “ނުތޯހިރު” ގޮތަކަށް ކަމަށްވެސް ހަސަން ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވާކަމަށް ތުހުމަތު ކުރެވި ފުލުހުންގެ ތަހުގީގުތަކުން ދައްކާ ބޭފުޅުންނާއި ގުޅުން ބޭއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: