ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހަވަންދޫ މެމްބަރު އިހަވަންދޫ ކައުންސިލަށް ވަގަށް ގޮވައިފި

ރައީސް ނަޝީދު އާންމުކޮށްފައިވާ ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު، އެ ރަށުގެ ކަންސިލުގެ މައްޗަށް ވައްކަން ކުރުމުގެ ތުހުމަތު ކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދި ފަހުން އެ މަނިކުފާނުގެ ކެމްޕެއިންއަށް ހއ އިހަވަންދޫއަށް ޒިޔާރަތްކުރައްވާ އެ ރަށުގެ މިސްކިތެއްގައި ހުންނެވި ފޮޓޯއެއް އާންމުކުރައްވާފައެވެ. ރައީސް ނަޝީދު އާންމުކުރެއްވި ފޯޓޯގައި އެމަނިކުފާނުގެ ހުންނެވީ ހަތިމެއް ހިއްޕަވައިގެންނެވެ. އެމަނިކުފާނުވަނީ އެއީ އަތުލިޔެފައިވާ އާސާރީ ހަތިމެއްކަމަށާއި އެ ހަތިމަށް 250 އަހަރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

ޝިފާއު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާގޮތުން، ރައީސް ނަޝީދުގެ ފޮޓޯއިން ފެނިގެންދާ ހަތިމަކީ އިހަވަންދޫ ހިރިގަލު މިސްކިތަށް ވަގުފް ކުރެވިފައިވާ ހަތިމެއްކަމަށާއި އެ ހަތިމު މިސްކިތާއި ވަކިނުކޮށް އޮންނަތާ 250 އަހަރުވެދާނެކަމަށް ރަށުމީހުން ބުނާކަމަށެވެ.

ރައީސް ނަޝީދު ހަތިމު ބެއްލެވުމަށް އިންނެވި މަންޒަރު: ފޮޓޯ/ ސޯޝަލްމީޑިއާ

އެނާ ވިދާޅުވީ، ކައުންސިލުންވަނީ އެ ހަތިމު ވަގަށް ނަގާފައިކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުންތައް ހުރުމުން ރައްޔިތުން އެ ކަންބޮޑުވުންތައް އެނާއާއި ހިއްސާ ކުރަމުންދާކަމަށް ޝިފާއު ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލުންވަނީ ރައީސް ނަޝީދު އެ ހަތިމު ނެންގެވި މައްސަލައިގައި ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ކައުންސިލުން ބުނެފައިވާގޮތުން އެ ހަތިމު ބެއްލެވުމަށް ރައީސް ނަޝީދު ވަޑައިގަތީ ކައުންސިލުގައި ނޭދިކަމަށެވެ. އަދި އާންމުކޮށް ހަތިމު ބެލުމަށްދާ މީހުން ހުއްދައަަށް އެދޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: