ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 މަސް ދުވަހުގެ ވެރިކަމަކަށް އެއްބަސްވުމެއް ގާއިމު ކުރިނަމަ، އެ ފޮރުވައިގެން ހުރެ ރައީސް ވޯޓު ހޯދުމަށް ނުކުންނާނެކަމަށް ގަބޫލެއް ނުކުރަން: މެމްބަރު ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު: ފޮޓޯ/ މެމްބަރު
ޝެއާރކޮށްލާ ކަހަލަދޯ؟

18 މަސް ދުވަހުގެ ވެރިކަމެއް ކުރެއްވުމަށް އެއްބަސްވެވަޑައިގެން ހުންނެވި ނަމަ، އެ އެއްބަސްވުން ރައްޔިތުންނަށް ފޮރުވައިގެން ހުންނަވައި، ވޯޓު ހޯއްދެވުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނުކުންނަވާނެކަމަށް ގަބޫލު ނުކުރައްވާކަމަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު އަށް ވެރިކަން ހޯއްދަވައިދެއްވީ އެމަނިކުފާނު ކަމަށާއި، އެމަނިކުފާނާއި ރައްޔިތުން އަދި އެމްޑީޕީންވެސް ވެރިކަން ހަވާލުކުރީ 18 މަސްދުވަހަށްކަމަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ކުރައްވަމުންދާ ކެމްޕެއިންގެ ތެރެއިން ވިދާޅުވެފައިވާއިރު، ޒިޔާދު ވަނީ އެފަދަ އެއްބަސްވުމެއް ނެތްކަމަށް ސިފަކުރައްވާފައެވެ.

އެނާ ވިދާޅުވީ، ސިއްރު އެޖެންޑާއެއް އޮވެގެން އޮޅުވާލައިގެން ރައްޔިތުންގެ ވޯޓު ހޯދުމަށް އެމްޑީޕީން ނުކުމެދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި ރައްޔިތުންވެސް 18 މަސް ދުވަހުގެ ވެރިކަމަކަށް އެއްބަސްވެފައިނުވާކަމަށް ވިދާޅުވިއެވެ. ޒިޔާދު ވިދާޅުވީ އެފަދަ ވާހަކައެއް އިވިފައިނުވާކަމަށެވެ. އެހެންނަމަވެސް އެފަދަ ވާހަކައެއް ދެކެވިފައި އޮތް ކަމަށްވީނަމަވެސް އެއްބަސްވުމެއް ނުވަތަ ލިޔުމެއް އޮތް ކަމަށްވާނަމަ، އެ އެއްބަސްވުން ރައްޔިތުންނަށް ފޮރުވައިގެން ވޯޓު ހޯދުމަށް ރައީސް ސާލިހު ނުކުމެވަޑައިގެންފާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، ރައްޔިތުން ވޯޓު ދިނީ ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ. އަދި އިންތިހާބުކޮށް އެމްޑީޕީގެ މެމްބަރުން އުފާ ފާޅުކުރީވެސް ފަސް އަހަރު އެ ޕާޓީއަށް ލިބިގެންކަމަށާއި އެނާ ވޯޓުދެއްވީ ފަސް އަހަރުގެ ދައުރަކަށް ކަމަށްވެސް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، 18 މަސް ދުވަހުގެ ރިޔާސީ ދައުރަކަށް ވޯޓު ލާފާނެކަމަށްވެސް ގަބޫލު ނުކުރެއްވޭކަމަށެވެ. އެނާ ވިދާޅުވީ، އެފަދަ ތަސައްވަރެއް އޮތް ނަމަވެސް ލިޔުމެއް އަދި އެއްބަސްވުމަކުން އެކަމެއް ނެތްކަމަށެވެ.

އެފަދަ ކަކަމަށް އެއްބަސް ނުވެވޭނެކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ރިޔާސީ ދައުރެއްގައި 18 މަސް ދުވަހު ވެރިކަން ކޮށްފައި ނިޒާމު ބަދަލު ކުރުމަށް އެއްބަސް ނުވެވޭނެކަމަށެވެ. އަދި ނިޒާމު ބަދަލު ކުރުމަކީ އޮންނަ ކަމެއް ކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، މަޖިލީހުން އެކަމަށް ހުށައަޅައިފި ހާލަތެއްގައި އެކަމަށް ޖާގަ ދެއްވާނެކަމަަށް ރައީސް ސާލިހު ވިދާޅުވިކަމަށެވެ. އެހެންނަމަވެސް ރައްޔިތުން ވޯޓު ލާފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ބަދަލުވާން އޮތް ވެރިކަމަކަށް ކަން އެނާ ގަބޫލު ނުކުރައްވާކަމަށް ޒިޔާދު ތަކުރާރު ކުރެއްވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: