ވ އަތޮޅު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9.03 ހާއިރު ވ އަަތޮޅު ވެންފަރު ފަޅު ހުޅަނގު އުތުރުން އިންސާނެއްގެ ހަށިގަނޑު ފެނިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ހަށިގަނޑު މިހާރު ވަނީ ފުލުހުންގެ ލޯންޗް އިން ނަގާފައި ކަމަށާއި އެކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

