ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ފޯމާއެކު ސިޔާސީ ޕާޓީތަކުގެ މެމްބަރޝިޕް ފޯމް ހުށަހެޅުން މަދު: އީސީ

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް އަބްދުއްރަހީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީ ތަކަށް ވަނުމަށް ބޭނުންކުރަމުން ގެންދިޔަ ފޯމް ބަދަލުވުމާއެކު ކޮމިޝަނަށް ލިބޭ މެމްބަރޝިޕް ފޯމްގެ އަދަދު މަދުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ހުސްވި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކުން އެކޮމިޝަނަށް ހުށަހަޅާފައިވާ ފޯމް 2021 ވަނަ އަހަރާއި އަޅާބަލާއިރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 22،398 ފޯމް ވަނީ އީސީ އަށް ހުށަހަޅާފައެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅާފައިވަނީ 1،013 ފޯމެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފޯމް ހުށަހެޅުމާއި ސައްހަ ކުރުމުން  ހަރުދަނާ ކުރުމަށް ބަދަލު ގެނެވުނީ 2022 ވަަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ،

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކަށް ވަންނަން އެދި ޕާޓީތަކުން ހުށަހަޅާ ފޯމްގެ ސައްހަކަން އިތުރަށް ކަށަވަރު ކުރުމަށް ފޯމްގައިވާ ފޯން ނަމްބަަރަށް އެސްއެމްއެސް ކުރުމާ އީސީގެ ވެބްސައިޓްގައި ފޯމްގެ މައުލޫމާތު ހިމަނައި ޝަކުވާ ހުށަހެޅުމަށް 7 ދުވަސް ދެވޭނެ ކަމަށެވެ.

މި ބަދަލަކީ ވަގަށް ޕާޓީ އަށް މެމްބަރުން ވެއްދުން މަދުކޮށް ސިޔާސީ ޕާޓީތަކުގައި ތިބި މެމްބަރުންގެ ސައްހަކަން އިތުރަށް ކަށަވަރުކުރުމަށް ކުރެވިގެންދާ ކަމެކެވެ.

މިވަގުތު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރަށް ބަލާއިރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ގައި ތިބީ 58175 މެމްބަރުންނެވެ. އަދި އިދިކޮޅު ޕީޕީއެމްގައި 32327 މެމްބަރުން ތިބިއިރު ޖުމްހޫރީ ޕާޓީގައި ތިބީ  17913 މެމްބަރުންނެވެ.

އީސީ އިން އާފޯމް ތައާރަމް ކުރުމަށްފަހު މިދިޔަ މަހުން ފެށިގެން ޕާޓީތަކށް ސޮއިކުރާ މީހުންގެ ނަން، އިލެކްޝަންސްގެ ވެބްސައިޓްގައި އާއްމުކޮށް އެމީހަކަށް ޕާޓީއަށް ވަނުމަށް އެދި ފޯމް ހުށަހަޅާފައިވާ ކަން އަންގައިދޭ އެސްއެމްއެސް އެއް ދަނީ ފޮނުވަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: