ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގައި ގޮތް ނިންމާނީ ރައްޔިތުން : އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބު ކައިރިވާ ވަރަކަށް ދައްކާނެ ލައްކަ ވާހަކަ ހުންނާނެ ކަމަށާއި ނަމަވެސް އެވާހަކަތައް ޖަޖް ކުރައްވާނީ ވޯޓް ދޭންތިބި މީހުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގިނަ ވާހަކަ ދައްކާނެ ކަމަށް އިމްރާން އިޝާރާތް ކުރައްވާފައިވަނީ ފަހަރުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ދެ ރައީސުންގެ ވާހަކަ އަަށް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

 

ހަމަ އެކަނި އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ދައްކާ ވާހަކަ އެއް އިންސާފުކުރާނީ ވޯޓް ދޭންތިބި މީހުން ކަމަށެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވިސްނާލުމަށް ނުސީދާ ކޮށް އިމްރާން އެވަނީ ގޮވާލައްވާފައެވެ.

އަދާލަތު ޕާޓީގެ ފަރާތުން އަދި މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ދައްކާފައި ނުވި ނަމަވެސް އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާން ވަނީ މީގެ ކުރިން ރައީސް ސާލިހަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ.

އިމްރާން މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މިހާތަނަށް މާބޮޑު ވާހަކައެއް ދައްކަވާފައިނުވި ނަމަވެސް 2030 ވަނަ އަހަރު އަންނަންވާއިރަށް ނުވަތަ 2030 ވަނަ އަހަރު އަދާލަތުން ވެރިކަމަށް ވާދަކުރާ ފަދަ މޭރުމަކުން މީގެ ކުރިން އިމްރާން ވަނީ ވާހަކަ ދައްކަވާފައެވެ.

އެހެންކަމުން ބެލެވޭ ގޮތުގައި އިމްރާންގެ މިފަހަރުގެ ޓްވީޓް އަމާޒުކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފަހަރުގައި ވެދާނެއެވެ. ސަބަބަކީ މިދުވަސްވަރު ރާއްޖޭގައި އެންމެ ގަދައަށް ސިޔާސީ މަޝްރަހުގައި ދެކެވެމުންދަނީ ދެ ރައީސުންގެ ފިނި ހަނގުރާމައިގެ ވާހަކައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަމަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: