އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މިސަރުކާރުން ގެންނަމުންދާ ތަރައްގީ ނުފެންނަކަމާއި، އެމަނިކުފާނު ދިރުއްވަން އުޅުއްވަނީ ކޯޗެއްކަން ނޭނގޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން ބޭއްވި ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ ކުޑަރަށަކީ އެމްޑީޕީގެ ފިކުރެއް ނޫން ކަމަށާއި ރައީސް ނަޝީދު ދިރުވަން އުޅެނީ ކޯޗެއްކަން ނުވިސްނޭ ކަމަށެވެ. އަދި ކުޑަރަށެއް ބޮޑުރަށަކަށް އަޅައިނުލާ ކުޑަރަށުގެ މީހުން ތިބެންޖެހޭނީ ގައިންތާހިރު ނުވެ ކަމަށް ދެކެވަޑައިގަންނަވާނަމަ އެއީ އެމްޑީޕީގެ ފިކުރު ނޫން ކަމަށެވެ.
އަޅުގަނޑު އަައިސް ގުޅުނީ އެފިކުރަކާ ނޫން. އަޅުގަނޑު ގުޅުނީ މިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު އަސާސީ ހިދުމަތްތައް ދޭން ވައުދުވާ ޕާޓީއަކަށް. އެހެންވެގެން އަޅުގަނޑު މިއަު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަހަތުގައި މިހުުރީ
ރޮޒެއިނާ ވިދާޅުވީ މިސަރުކާރުން ފުވައްމުލަކަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ގެނެސްފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފުވައްމުލަކު މަގުތައް ހަދާ ތާރުގަނޑު މަތީގައި ހުންނަވައިގެން ކަމަށާއި އިދިކޮޅު ފަރާތްތަކަށްވެސް ވަނީ ހަމައެވަރު ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ފުވައްމަލަކަށް ވަޑައިގެން މަގު ހަދާ ތާރުގަނޑު މަތީ ހުންނަވައިގެން މި ވިދާޅުވަނީ ފުވައްމުލަކަށް ތަރައްގީއެއް ނާދެޔޭ. ދެން ކީކޭތޯ ދަންނަވާނީ. އެވަރުން ނުފެނުނީމަ ދެން ނުފެންނާނެ. ހަމަ އަޅުގަނޑުމެންނަށް މީދޫގައި ވެސް އެބަވޭ މިހެން. އަލަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހަދާފައި އޮތް ބަނދަރަށް ޕީޕީއެމް މީހުން ފައިބާފަ އެބަ ވިދާޅުވޭ މިރަށަށް ކޮން ކަމެއްހޭ ކޮށްދިނީ. ކުރީގައި މަގުގެ އެއްބަޔާ ވީރާނާ ވެފައި އޮތް ބަނދަރަށް އެބޭފުޅުން ފަސްއަހަރުވަންދެން ފައިބަމުން ދިޔައިރުގައި ދެން އައިސް ޒަމާނީ ބަނދަރަކަށް ފޭބުނު އިރުވެސް ވާނުވާގައި.
ރޮޒެއިނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ތަރައްގީ ގެންނަވަމުން ދަނީ ކުޑަރަށެއް ބޮޑުރަށެއް ތަފާތު ކުރުމެއް ނެތި ކަމަށެވެ.

