ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕްރައިމެރީ ބާއްވަނީ އެންމެ ކަމުވޮށިގެންވާ އާއިލާއަކުން އައިސްފައި ހުރި މީހެއް ހޮވާކަން ނޫން: މީކާއީލް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕްރައިމެރީ ބާއްވަނީ އެންމެ ކަމުވޮށިގެންވާ އާއިލާއަކުން އައިސްފައި ހުރި މީހެއް ހޮވަން ނޫންކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ އޭނާ ރައީސް ސާލިހަށް ތާއީދުކުރަން ނިންމީ ލިޔެވިފައި ހުރި ޕާޓީގެ އަސާސްތަކާއި އުސޫލުތައް ދެން ނެގެންހެއްޓޭނީ އެމަނިކުފާނާއިއެކުގައި ކަމަށްވާތީކަމަަށެވެ.

ދެ ފެކްޝަނަކަށް ހިގާ އެމްޑީޕީގައި މީކާއީލްއަކީ މީގެ ކުރީގައި ޕްރައިމަރީގައި ވާދަކުރައްވާ އަނެއް ކެޑިޑޭޓު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އަރިސް މެންބަރެއް ނަމަވެސް، އޭނާ މީހާރު ގެންދަވަނީ ރައީސް ނަޝީދަށް އަމާޒުވާފަދަ ބަހުގެ ހަމަލާތަކެއް ރައްދުކޮށް، ރައީސް ސާލިހަށް ތައުރީފުކޮށް ވާހަކަދައްކަވަމުންނެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފާޑުކިޔަން ވާނެ، ކިތައްމެ ވަރަކަށްވެސް ފާޑުކިޔަން ވާނެ. އެހެން ނަމަވެސް ފާޑު ކީކީނުން އަޅުގަނޑުމެންނަށް އެކީގައި ނުތިބެވޭނެ މިންވަރަށް، ފާޑު ކީކީނުން މި ޕާޓީގެ އަސާސީ ގަވާއިދުގައި އަޅުގަނޑުމެންގެ މެންބަރުން، އަޅުގަނޑުމެން އަމިއްލައަށް ލިޔެފައިވާ އުސޫލުތައް މުގުރާ ހިސާބަށް ދިޔައީމައި އެއިކީއެއް އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން.

މީކާއީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އަދި ރިޔާސީ އިންތިހާބުފަދަ އެހެން އިންތިހާބުތަކުގައިވެސް އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމުގެ ބޭނުމަކީ އެބޭފުޅުންނަށް އެންމެ ރީތި، އެބޭފުޅުންނާއި އެންމެ ގަތް އަދި ކަމުވޮށިގެންވާ އާއިލާއަކުން އައިސްފައި ހުރި މީހަކު ހޮވަން ނޫންކަމަށެވެ. މީކާއީލް ވިދާޅުވި ގޮތުގައި އެމްޑީޕީއިން ޕްރައިމަރީއެއް ބާއްވަނީ ޕްރައިމަރީއަށްފަހު އޮންނަ މައި އިންތިހާބު ޕާޓީއެއް ކާމިޔާބު ކުރެވޭނެ ކެޑިޑޭޓަކު ހޯދުމަށެވެ. ޕްރައިމަރީގައި ދެން ވާދަކުރައްވާ ރައީސް ނަޝީދު އާއި އަދި އިދިކޮޅު ޕީޕީއެމްގެ އަށް އިޝާރާތްކޮށް މީކާއީލް ވިދާޅުވީ މައި އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ބޮޑީ ރައީސް ސާލިހުކަމަށެވެ.

ޕީޕީއެމްގެ ވެރިކަމާއިއެކު އެ އަންނަ ބިރާއި، ނާމާންކަމާއި އަދި ވަޒީފާގެ ބިރުދެއްކުމާއި، ޖަލު ގޮޅީގެ ބިރު އަދި ފްރޭމްކުރުމުގެ ބިރު ދެން އެމްޑީޕީގެ އާންމު މެންބަރުންނަށް ތަހައްމަލުނުކުރެވޭނެކަމަށް ފާހަގަކުރައްވާ، މީކާއީލް ވިދާޅުވީ، ރައީސް ސާލިހާއިއެކު އޭނާ އަދި އެހެން ބޭފުޅުންވެސް ތިއްބެވީ އެމްޑީޕީގެ އާންމު މެންބަރުންގެ މަސްލަހަތާއި އަދި ހުރިހާ ދިވެހި ރައްޔިތުންނެއްގެވެސް މަސްލަހަތު ހިމާޔަތްކޮށްދިނުމަށްކަމަށެވެ. މީކާއީލް ވިދާޅުވީ ރައީސް ސާލިހަކީ ތަފާތު ފިކުރުތަކުގެ މީހުން އެއްކުރެވޭނެ ކެޑިޑޭޓެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: