ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ރައީސް ނަޝީދަށް: ކޯލިޝަނެއް ހެދިޔަސް ދަމަހައްޓަންވެސް ޖެހޭނެ

ރައީސް ސާލިހު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ/ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކޯލިޝަން ހައްދަވާ ވާހަކަތައް ދައްކަވަމުންދާކަމަށާއި، އެހެންނަމަވެސް ކޯލިޝަނެއް ހެއްދެވިޔަސް އެ ކޯލިޝަން ދެމެހެއްޓުމަކީވެސް ކުރައްވަންޖެހޭނެ މަސައްކަތެއްކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، ޕާޓީގެ އެތެރޭގައި އުފެދިފައިވާ ކޯލުމުގެ ތެރެއިން ޕާޓީ ދެބައިވެދާނެކަމުގެ ބިރުހީވެފައިވާ އިރު، ރައީސް ސާލިހުވަނީ އެ މަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ މަގު ސާފުވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމުގެ ގޮތުން ރާއްޖޭގެ ރަށްތަކުގައި ކުރިއަށް ގެންދަމުންދާ ހަރާކާތްތަކުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވީ، ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަގުސަދުގައިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ކުރިއަށް ދެވޭނެ މަގު އެމަނިކުފާނަށް ސާފުވެވަޑައިގަންނަވާކަމަށެވެ. އަދި ވައުދުތައް ފުއްދޭނީ ވެރިކަމުގައި ތިބެގެންކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ވެރިކަމަށް އާދެވެން އޮތް މަގުވެސް އެމަނިކުފާނަށް ސާފުކޮށް އެނގިވަޑައިގަންނަވާކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ތަފާތު ފިކުރުތައް އެކުލެވޭ ގިނަ ބަޔަކު ހިމެނޭ ސަރުކާރެއް އެކުލަވާލައިގެންކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުންދާކަމަށެވެ. އަދި އެއީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް ކަމަށާއި އެމަނިކުފާނާއި ވާދަކުރައްވާ ކެނޑިޑޭޓު މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު މީގެ ކުރިން އެކަން ގަބޫލު ނުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ނަޝީދު މަސައްކަތް ކުރައްވަމުންގެންދެވީ އެކަނިމާއިއެކަނި ނުކުމެވަޑައިގެން އިންތިހާބު ކާމިޔާބު ކުރެއްވުމަށްކަމަށެވެ. އެެހެންނަމަވެސް މިއަދު އެކަން ކުރެއްވެން ނެތްކަން ގަބޫލުފުޅު ކުަރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހު އިޝާރާތްކުރެއްވީ ރައީސް ނަޝީދު ކުރައްވަމުންދާ ކެމްޕެއިންގެ ތެރެއިން، ދެއްކެވި ވާހަކަފުޅަކަށެވެ. އެގޮތުން އެމަނިކުފާނުވަނީ ދެވަނަ ބުރަކަށް ގޮސްފި ހާލަތެއްގައި ކޯލިޝަން ހައްދަވާނީ ތާއީދު ބޮޑު ޕާޓީއަކާއި އެކުކަމަށް ވިދާޅުވެފައެވެ.

ކޯލިޝަން ހެއްދެވުމާއި ދެކޮޅަށް ވާހަކަދައްކަވަމުން އައިސް މިހާރު ރައީސް ނަޝީދު ކޯލިޝަން ހެއްދެވުމުގެ ވާހަތަައް ދައްކަވަމުން އަންނަކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، ކޯލިޝަނެއް ހެދެނީ އެކަނި ނޫންކަން އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި އެކަން ކުރެއްވޭނީ ގިނަ ޕާޓީތައް ބައިވެރިވެގެންކަމަށާއި އެކަން ކުރެއްވޭނީ ކޮން ބޭފުޅަކަށް ކާމާއިމެދު ވިސްނުމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޯލިޝަނެއް ހެދި ނަމަވެސް، އެ ކޯލިޝަން ދެމެހެއްޓުމަކީވެސް ކުރަންޖޭހޭނެ ކަމެއް ކަމަށެވެ. އަދި ކޯލިޝަން ރޫޅާލުމުން ވެވަޑައިގަންނަވާ ވައުދުތައް ނުފުއްދޭނެކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 2008 ވަނަ އަހަރުވެސް ވެރިކަން ހޯއްދެވީ ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގަތުމަށްފަހު ކަމަށެވެ. އެހެންނަމަވެސް ވައުދުތައް ނުފުއްދި މަގުމަތިވެގެންދިޔައީ ވެރިކަމާއި ހަވާލުވި ގޮތަށް ކޯލިޝަން ނުދެމެހެއްޓިގެން ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، 2018 ވަނަ އަހަރު ރައްޔިތުން އެމަނިކުފާނާ ހަވާލުކުރީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އަދި އެއީ ރައްޔިތުން އެދުނު ގޮތްކަމަށާއި، އެމަނިކުފާނުގެ ދައުރު ފުރިހަމަ ކުރައްވާނީ ރައްޔިތުން ހަވާލު ކުރި ކޯލިޝަނާއިއެކު ހުންނަވައިގެންކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމެރީގައި ވޯޓުލާއިރު ވިސްނަން ޖެހޭނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކެނޑިޑޭޓަކަށް ވޯޓުލުމަށް ކަމަށާއި އެހެން ކަމުން ލާ ވޯޓަކީ ބޭކާރު އެއްޗަކަސް ނުހެދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: