ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނީ ބަހުގައި ދަތުރުކުރާ މީހުންނަށް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި

އެމްޓީސީސީއިން ކާޑް މެދުވެރިކޮށް ބަހަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ބަހުގެ ޚިދުމަތް ހޯދާ މީހުނަށް ލުއިފަސޭހަ ކޮށްދިނުމަށް އެމްޓީސީސީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން، ކޮންޓެކްޓްލެސް މާސްޓާ ކާޑާއި ވިސާ ބްރޭންޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މާލެ ބަސްތަކުގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެމްޓީސީސީއިން މިކަމާއި ގުޅިގެން މައުލޫމާތު ދެމުން ބުނެފައިވަނީ ދުނިޔޭގެ ކޮންމެ ބޭންކެއްގެ ކޮންޓެކްޓްލެސް މާސްޓާ ކާޑާއި ވިސާ ބްރޭންޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު އަތުގައި އޮވެއްޖެ ނަމަ ބަހަށް ފައިސާ ދެއްކޭނެކަމަށެވެ. އެމްޓީސީސީއިން ބުނެފައިވަނީ އަވަސް މުސްތަގުބަލެއްގައި އެހެނިހެން އަތޮޅުތަކުގައިވެސް އެ ކުންފުނިން ދެމުން އަންނަ ބަހުގެ ހިދުމަތަށްވެސް ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިސާމް ހަމަޖެއްސުމަށް ކުރަންހުރި މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަކަމަށެވެ.

އާރުޓީއެލްގެ ފެރީތަކުގައި މި ހިދުމަތް ގާއިމްކުރުމާއި ބެހޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެއީ ކަސްޓަމަރުންނަށްވެސް ދަތިތަކެއް ކުރިމަތިވާނެކަމެއްކަމަށެވެ.

ސްޕީޑް ފެރީއަކީ އެކި ތަންތަނަށް ދަތުރުކުރަމުން ދުއްވާ އެއްޗެއް. މިހާރު މިސާލަކަށް ހަނިމާދޫން ފުރައިގެން ކުޅުދުއްފުށްޓަށް ގޮއްސަ އިހަވަންދޫއަށް ދާން ބޭނުންފުޅުވާ ބޭފުޅަކު، ހަނިމާދޫން ފުރައިގެން ކޮންޓެކްޓްލެސް ކާޑު ޖައްސާފަ ކުޅުދުއްފުއްޓަށް ދެވިދާނެ. އެކަމަކު ކުޅުދުއްފުށިން އިހަވަންދޫއަށް ދާން ބަލާއިރު ޓިކެޓު ނެތިއްޔާ ދަތުރެއް ނުކުރެވޭނެ

ބަސްތަކުގައި އަލަށް ތައާރަފްކުރެވުނު ހިދުމަތާއި ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއަދު ފެށިގެން މި ދިޔައީ ރައްޔިތުން ވަރަށް ބޭނުންވެފައި ހުރި ޚިދުމަތެއް ކަމަށެވެ.

ފައިސާއިން ލާރިދެއްްކުމަށް ރައްޔިތުންނަށް ދަތިވާކަމަށް ފާޙަގަކުރައްވާ އާޒިމް ވިދާޅުވީ އެމްޓީސީސީ އެޕްލިކޭޝަން މެދުވެރިކޮށް ނަގާ ޓިކެޓުނެގުމަށްވެސް ރައްޔިތުންނަށް ދަތިތަކަކާއި ކުރިމަތިވާކަމަށެވެ. ނަމަވެސް އެއީ ދުނިޔޭގެ އކި ކަންކޮޅުތަކުގައި އާންމުކޮށް ބޭނުންކުރާ އެންމެ ރަނގަޅު ނިޒާމުކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: