ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންނަވަރުން ފެނިގެންދިޔައީ ރައީސް އަށް އޮތް ލޯތްބާއި ތާއީދާ އިހްތިރާމް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހު ހިންނަވަރަށް ވަޑައިގަތުމުން ފެނިގެންދިޔައީ ރަށުގެ ރައްޔިތުން މަރުހަބާ ދެންނެވުމަށް ޖަމާވެގެންދިޔަ މަންޒަރެވެ.

ރައީސް ސާލިހުގެ އުފަންރަށް ކަމަށްވާ ޅ ހިންނަވަރުގައި އެމަނިކުފާނާ ދެކޮޅު އަދި ބީރައްޓެހި އެކަކުވެސް ނެތޭ ބުނެވިދާނެއެވެ. ހިންނަވަރު ފިޔަވައި ރައީސް ސާލިހު ކެމްޕޭންގައި ވަޑައިގެންނެވި ގިނަ ރަށްރަށުން އިދިކޮޅު ފަރާތްތަކުގެ ކޮންމެވެސް ޝުއޫރެއް ފާޅުކުރި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ރައީސް އަށް މަރުހަބާ ދެންނެވުމަށް ބަނދަރުގައި އޮތް ސަފު ދިގުކަމުން ސަލާމް ކުރެެއްވުމުގައި 15 ވަރަކަށް މިނެޓް ހޭދަވިއެވެ. އަދި ރައްޔިތުން އެކީ އެއް އަޑަކުން ރައީސް އިބޫ، ކެންޑިޑޭޓް ނަމްބަރު 2 ކިޔަމުން ގެންދިޔައެވެ.

ހިންނަވަރުގައި ރައީސް ސާލިހުގެ ޖަލްސާއެއް ނެތް ނަމަވެސް ހޭދަކުރެއްވި ވަގުތުތަކަކީ އެކުވެރިކަމާ އޯގާތެރިކަމާއި ލޯތްބާއި އަޅާލުން ރަމްޒުކޮށްދިން ވަގުތެކެވެ.

ހިންނަވަރުގައި އޮތް ބޮނޑިބަތް ކެއުން އޮތީ ރައީސް ސާލިހުގެ ގެކޮޅު ކަމަށްވާ ނޫރާނީއާގެ ކުރިމަތީގައެވެ. އެ ބައްދަލުވުމުގައި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ. ރައްޔިތުންގެ ގާތަށް ރައީސް ސާލިހު ވަޑައިގެން ހާލުއަހުވާލު އޮޅުންފިލުއްވިއެވެ.

ރައްޔިތުންގެ އެކިއެކި ކަންކަމުގައި ހިޔާލު ހުރިގޮތް އޮޅުން ފިލުއްވައި މަޝްވަރާކުރެއްވިއެވެ. އެވަގުތުގައި ރައްޔިތުންގެ މޫނުމަތިން ފެނިގެންދިޔައީ އުފާވެރި މަންޒަރެވެ. އެކި އުމުރުފުރާގެ އެކި ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވީ އުފާވެރި ހިނިތުންވެފައިވާ މޫނަކާއެކުގައެވެ. އެ ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވީ ނުހަނު ޝައުގުވެރިކަމާއެކުގައެވެ. ހަމަ އެފަދައިން ރަށުގެ ރައްޔިތުންވެސް ރައީސް ސާލިހަށް އިހްތިރާމްކޮށް އަދަބު އަދާ ކުރަނީ ހިތުގެ އެންމެ ފުންމިނުން ކަން ދޭހަވެގެންދަނީ އެމަނިކުފާނު ފެނުމުން ކޮންމެ މީހެއްގެ މޫނުމަތިން ފެނިގެންދާ ހިނިތުންވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: