ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ އެމެޖަންސީ އެކްސެސައިޒްއެއް ތިލަފުށީގައި ކުރިއަށްދާތީ ސަމާލުވުމަށް އެދިއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް - ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުއްލި ހާލަތުގައި ކުންފުނީގެ ސަލާމަތީ އަދި ތައްޔާރީ ކަންކަން އިތުރަށް ހަރަދަނާ ކުރުމުގެ ގޮތުން ކ ތިލަފުށީގައި ފުލް ސްކޭލް އެމަޖެންސީ އެކްސިސައިޒްއެއް އިންތިޒާމުކޮށްފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މިއަދު (11 ޖެނުއަރީ 2023) ފުލްސްކޭލް އެމެޖެންސީ އެކްސަސައިޒްއެއް ކުރިއަށްދާކަން ފާހަގަކޮށް އެމްޓީސީސީ އިން ނެރިފައިވާ އިއުލާނުގައި ބުނެފައިވާގޮތުން، މި ހަރަކާތްތައް ކުރިއަށް ގެންދާނީ ކ ތިލަފުށީ ބޯޓްޔާޑުގައި މެންދުރު 12:00 އިން ފެށިގެން އިރުއްސި 18:00 އާއި ހަމައަށްކަމަށެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، މި ހަރަކާތުގައި އެ ކުންފުނީގެ ބޯޓުޔާޑު އެއްކޮށް “އިވެކުއޭޓް” ކުރެވިގެންދާނެއެވެ. އަދި އެ ވަގުތު ބޯޓުު ޔާޑުގައި ތިބި އެންމެހާ މުއައްޒިފުން އެ ތަނުން ނެރި ރައްކައުތެރި ސަރަހައްދަކަށް ގެންގޮސް މުޅި ޔާޑު ހުސްކުރެވިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

އެމްޓީސީސީ އިން ބުނެފައިވާގޮތުން އެކުންފުނީގެ ބޯޓު ޔާޑު މަސައްކަތްތައް ކުރިއަށް ގެންދަނީ ތިލަފުށީގެ އިންޑަސްޓްރިއަލް ސަރަހައްދުގައިކަމަށްވުމުން،  އެ ސަރަހައްދުގައި މަސައްކަތް ކުރާ އެހެނިހެން ފަރާތްތަކާއި އެކި ބޭނުންތަކުގައު ކ ތިލަފުއްޓަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ހަރަކާތުގެ ސަބަބުން ކޮށްފާނެ ދުމުގެ އަސަރަށް ސަމާލުވުމަށް އިލްތިމާޒްކުރާ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން، ހަރަކާތްތައް ކުރިއަށްދާ ވަގުތު ދުމުގެ އަސަރު ގަދައަށް ކުރާ ނަމަ، ކުޑަދޮރާއި ދޮރުތައް ރަނގަޅަށް ބަނދުކުރުމަށް އެދޭކަމަށެވެ. އަދި ލޮލާއި އަނގަ އަދި ނޭފަތް ރަނގަޅަށް ރިވާކުރުމަށް ނަސޭހަތްތެރިވާކަމަށް ބުނެފައިވެއެވެ.

އެމްޓީސީސީ އިންވަނީ އެކަމުގެ ސަބަބުން ދިމާވެދާނެ އެންމެހާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭކަމަށްވެސް ފާހަގަކޮށްފައިވެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: