ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްކުރާ ކުޑަކުދިން ވަކިން ބަންދުކޮށްގެން ބަލަން ފެށުމަކީ އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް: ކޮމިޝަނަރ އޮފް ޕްރިޒަންސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުށްކުރާ ކުޑަކުދިން ވަކިން ބަންދުކޮށްގެން ބަލަން ފެށުމަކީ އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކަރެކްޝަންސްގެ އައްސޭރި ޖަލުގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަފްލާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ކުށްކުރާ ކުޑަކުދިން ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައުއަށް ނެރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ވުޖޫދުވެ، އައްސޭރި ޖަލުގެ އޮފިސަރުންނާއި ޤައިދީންގެ ބުރަ މަސައްކަތުންނާއި ޕްރިސްކޯގެ ދީލަތި އެހީތެރިކަމުން، ކުށްކުރާ ކުޑަކުދިން ބޭއްތިއްބުމަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރ ތައްޔާރުކޮށް ހުޅުވަން ބޭނުންވި ދުވަހަށް އެކަން ވުމަކީ އެމްސީއެސްއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

އައްސޭރި ޖަލަށް ގިނަ އުމްރާނީ އިސްލާހުތަކެއް ގެންނަންޖެހޭކަމަށާއި ކޯވިޑް-19 ގެ ގޮންޖެހުންތަކުން ލަސްތަކެއް ކުރިމަތިވީ ނަމަވެސް، އައްސޭރި ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ބުރަ މަސައްކަތުން ރޭވިފައިހުރި ބައެއް ކަންތައްތައް ފުރިހަމަކޮށްފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އެގޮތުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ވުޖޫދުވެ، އައްސޭރި ޖަލުގެ އޮފިސަރުންނާއި ޤައިދީންގެ ބުރަ މަސައްކަތުންނާއި ޕްރިސްކޯގެ ދީލަތި އެހީތެރިކަމުން، ކުށްކުރާ ކުޑަކުދިން ބޭއްތިއްބުމަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރ ތައްޔާރުކޮށް ހުޅުވަން ބޭނުންވި ދުވަހަށް އެކަން ވުމަކީ އެމްސީއެސްއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އައްސޭރި ޖަލުގެ ބައެއް އިމާރާތްތަކާއި ތަންތަނުގެ އާބާތުރަ ފިލުވައި ބުރަ މަސައްކަތްކޮށްފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

އައްސޭރި ޖަލުގެ ޤައިދީން މުޖްތަމަޢު ތެރޭގައި ކުރިއަށްގެންދާ ބައެއް މުބާރާތުތަކުގައި ބައިވެރިވެ، ވަނަ ހޯދާފައިވާކަމާއި ޤައިދީންނާއި އޮފިސަރުންގެ ކުރިއެރުމަށް އައްސޭރި ޖަލުން ގިނަ މުބާރާތްތައް ބާއްވައި، ޤައިދީންގެ ބައިވެރިވުން ކުރިއެރުވުމަށް ގެންގޮސްފާވާކަން ކޮމިޝަނަރ އުފަލާއެކު ފާހަގަކުރެއްވިއެވެ.

އައްސޭރި ޖަލުގެ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ހައްލުކުރުމުގެ ތެރެއިން އިންފްރާސްޓްރަކްޗަރ އަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެވި، އެ ބަދަލުތައް ގެންނަން ފެށުމުން ޖަލު ބަދަލުކުރަން ބޭނުންވާ މޮޑަލްއަށް ފެތެން ފަށާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އައްސޭރި ޖަލުގެ ޑީޕީ އާއި ހުރިހާ އޮފިސަރުންނާއި މުވައްޒަފުންގެ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، ޝުކުރުދަންނަވާފައިވެއެވެ.

އަބަދުވެސް އަމިއްލަ ނަފްސުގައި އަދި މުވައްސަސާގައި އިސްލާހުކުރަންޖެހޭ ކަންތައްތައް ހުރިކަން ޤަބޫލުކޮށް، އެކަންތައްތައް ދެނެގަތުން މުހިއްމުކަމަށާއި ތަފާތު ހިޔާލުތައް ލިބުމުން ރަނގަޅު ނަތީޖާ ލިބެމުންދާނެކަމަށާއި ހިޔާލު ތަފާތުވާ ހާލަތްތައް އަންނާނެކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ކަމަށާއި ހިޔާލު ތަފާތުވުމަށް އެއްބަސްވާން ޖެހޭކަމަށް ސީޕީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: