ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ފެންވަރެއް ނެތް މީހަކު ވެރިކަމުގައި ބައްޓަން ސިޔާސީ މީހުން ބޭނުން ވަނީ ނާޖާއިޒް ފައިދާ ނަގަން: އިންތި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާރީހާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ : ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިތްވަރެއް އަދި ފެންވަރެއް ނެތް ފަރާތެއް ވެރިކަމުގައި ހުރުމަށް ސަރުކާރުގެ ސިޔާސީ މުސާރަވެރިން ބާރުއަޅަނީ އެމީހަކު ގޮނޑިކޮއްކޮއަކަށް ހަދައިގެން ނާޖައިޒު ފައިދާ ނެގޭނެތީ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ދެ ހަފްތާއެއްހާ ދުވަހަށް ވެފައިވާއިރު ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ހާއްސަކޮށް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން ދަނީ ރައީސް ސޯލިހަށް ތަފާތު އެކި ތުހުމަތުކޮށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ސިޔާސީ މަގާމުތަކުގައި ތިބި މީހުން ބޭނުން ވަނީ އަމިއްލަ މަންފާއަށް ވިސްނުމަށް ފަހުކަމަށް އިމްތިޔާޒް ތުހުމަތު ކުރައްވަ އެވެ. އޭނާ ވިދާޅުވީ ވެރިކަން ހިންގަން ވީ ގޮތުގެ އެއްވެސް ވިސްނުމެއް އާއި ތަސައްވުރެއް ނެތް ފަރާތެއް ވެރިކަމުގައި ހުރުމަށް ބާރުއަޅަމުންދާ މައިގަނޑު ސަބަބަކީ އެކަމުން ލިބޭ މަންފާ އާއި ނާޖައިޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑުވާނެތީއެވެ. ހިތްވަރެއް ނެތް ބޭފުޅެއް ކަމަށް ވިދާޅުވީ ރައީސް ސޯލިހަށް އަމާޒު ކުރައްވަ އެވެ.

ޕްރައިމަރީގައި ރައިށް ނަޝީދާއި ރައީސް ސާލިހު ގެންދަވަނީ ވާދަވެރި ކެމްޕޭނެއް ކުރައްވަމުންނެވެ. ރައީސް ނަޝީދު ގެންދަވަނީ ރައީސް ސާލިހަށް އަމާޒު ކުރައްވައި ސްލޯ ކަމާއި ރިއެކްޓް ނުކުރައްވާ ވާހަކަ ތަކުރާރު ކޮށް އެކި ކެމްޕޭން ހަރަކާތް ތަކުގައި ދައްކަވަމުންނެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވައި ރައީސް ސާލިހު ވިދާޅުވެފައިވަނީ ރިއެކްޓް ނުކޮށް ހުންނެވީ އެކުވެރިން ކަމަށް ވުމާއި ވާދަވެރިން ކަމަށް ވީމައެވެ. ނަމަވެސް ބައެއް ފަހަރު ރެސްޕޮންޑު ކުރައްވަވާ ކަމަށެވެ.

ޕްރައިމަރީ ކެމްޕޭން ފެށުނު އިރުގައި ދެ ބޭފުޅުންގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ އެކުވެރިކަމާއި މަޖާޒީ ގޮތެއްގައި ރައްދުދޭ މަންޒަރެވެ. ނަމަވެސް މިހާރު އެއް ބޭފުޅަކު އަނެއް ބޭފުޅަކު ގެންދަވަނީ ވެރިކަމުގައި ތިއްބަވައި ކުރެވުނު ކަންތައްތަކާއި ނުވެ ހުރި ކަންކަމުގެ ވާހަކަ ދައްކަވައި އެކަން ނުވި ސަބަބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ދާދި ފަހުން ރައީސް ސާލިހު އައްޑޫ އަށް ވަޑައިގެން ފޭދޫގައި ބޭއްވި ޖަލްސާ އެއްގައި ވަނީ ރައީސް ނަޝީދު ހިންގެވި މަޝްރޫއު ތަކަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ސާލިހު ވިދާޅުވީ އައްޑޫ ތަރައްގީ ކުރުމަށް ކުރީ ސަރުކާރުން މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން އައްޑޫގެ މަގު ހެދުމަށް މަގުމެދުގައި ހުރި ބޮޑެތި ގަސްތައް ކަނޑާލި ވާހަކަ ރައީސް ސާލިހު ވިދާޅުވިއެެވެ. އަދި ދަތުރުފަތުރުގެ ނިޒާމް ތައާރަފް ކުުރުމާއެކު ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅެއް ލިބިގެން ދިޔަ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ނަޝީދު ރާޅުގަނޑުގައި ބޭއްވި ޖަލްސާ އެއްގައި ވިދާޅުވީ މިސަރުކާރުގެ ޝިޔާރަކީ އަންނަނީ އަންނަނީ ކަމަށެވެ. އެގޮތުން އަމީނީ މަގު ރަނގަޅު ފެންވަރަކަށް ހަދަން ހަދައިގެން އެމަގުގައި ތާރުކޮޅެއް ނެތް ކަމަށާއި ސަރުކާރުގެ ހުރިހާ ކަމެއް ވެސް އަންނަ ކުއާޓަރުގައި އަންނަނީ ކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: