ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ދައުރަކަށް ދާނީ ތޯ، ނޫނީ އަލުން މަގުމަތިވާނީ ތޯ ޕްރައިމެރީ ނިންމާނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިހް / ފޮޓޯ : އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އިން ވެރިކަން ދަމަހައްޓާނީތޯ ނުވަތަ އަލުން މަގުމަތިވާނީތޯ ނިންމާނީ ރިޔާސީ ޕްރައިމަރީން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގައި އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މަރަދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ރައީސް ސާލިހު ވިދާޅުވީ މިވަގުތު ހުރިހާ ވިސްނުމެއް ހުންނަންވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުމަށް ކަމަށެވެ.

އެމްޑީޕީ އަކީ ކިތަންމެ ބޮޑު ޕާޓީއެއް ނަމަވެސް ރިޔާސީ އިންތިހާބުގައި ވެރިކަން ކާމިޔާބު ކުރެވޭނެ ވަރަށް ވޯޓް ހަމަނުވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެ މަންޒަރު މީގެ ކުރިން ބޭއްވުނު ހުރިހާ ރިޔާސީ އިންތިހާބަކުން ފެނިގެން ގޮސްފައިވާ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މިއަދު ނިންމާ ނިންމުމުން ރިޔާސީ އިންތިހާބަށް އަސަރުކުރާނެ.

ރައީސް ސާލިހު ވިދާޅުވީ ވެރިކަން އެމްޑީޕީއަށް ލިބެން އޮތީ އެހެން ބައެއްގެ ވެސް ތާއީދާ އެކުގައި ކަމަށާއި، އެމްޑީޕީ އަށް އެކަނި 48 އިންސައްތަ އަށް ދެވުނު ނަމަވެސް އިންތިހާބުން މޮޅު ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ވެރިކަމަށް އާދެވެން އޮތީ ކޯލިޝަނަކާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އެމްޑީޕީ އެކަނި ވެރިކަމަށް ކުރިމަތިލައިގެން ބަލިވި ކަމަށާއި 2013 އިން 2018 އާ ދެމެދު އުޅެން ޖެހުނީ މަގުމަތީގައި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އިންތިހާބާއި ކުރިމަތިލާއިރު އެމްޑީޕީގެ މެމްބަރުންގެ ކުރިމަތީގައި އޮތީ ދެގޮތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެދެގޮތަކީ މިސަރުކާރުން ފަށައިގެން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއެކު ކުރިއަށް ދިއުން ނުވަތަ އިންތިހާބުން ބަލިވެގެން އެނބުރި  މަގުމައްޗަށް ދިއުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ވެރިކަން ބަދަލުވުމުގެ ސަބަބުން މީގެ ކުރީގައިވެސް މަޝްރޫއުތައް ހުއްޓިފައި އެބަހުރިކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެކަން އެގޮތަށް ވިޔަ ނުދިނުމަށް ރިޔާސީ އިންތިހާބު ރައީސް ސާލިހު ކޮންމެހެން ވެސް ކާމިޔާބު ކުރަންޖެހޭ ކަމަށެވެ.

އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން މުހިއްމު ކަން ތަކުރާރު ކުރައްވައި ރައީސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރުމުގެ ނިންމުމަކީ ވަކި ފަރުދުންގެ ނިންމުމަށް ވުރެ ބޮަޑަށް ޕާޓީގެ ނިންމުމަށް ވުރެ ބޮޑަށް ގައުމީ މަސްލަހަތުގައި ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާއި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: