ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަނީ ރައްޔިތުން ބޭނުންވާތީ، ބޭނުން ކުރާނީ އިލެކްޓްރިކް ބަސް: އާޒިމް

އެމްޓީސީސީ ސީއީއޯ އާޒިމް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަނީ ރައްޔިތުން ބޭނުންވާތީކަމަށާއި، އަދި ވިލިމާލޭގައި މި ހިދުމަތް ދިނުމަށް ބޭނުންކުރާނީ އެލެކްޓްރިކް ބަސްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ބަހުގެ ހިދުމަތާއި ގުޅޭ ގޮތުން “ސަންގަށް” ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ މާލެ ސިޓީގެ އަވަށެއްކަމުގައިވާ ވިލިމާލެގެ ރައްޔިތުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ނިޒާމަށް ވަރަށް ބޮޑަށް އެދެމުން އަންނަކަމަށެވެ. އަދި ވިދާޅުވީ ދަތުރުފަތުރުގެ ކަންކަމަކީ ވިލިމާލޭގެ ރައްޔިތުނަށް ވަރަށް ދަތިވެފައިވާކަމެއްކަމަށެވެ.  އާޒިމް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ  މި ހިދުމަތް ވިލިގިއްޔަށް އެމްޓީސީސީ މެދުވެރިކޮށް ފޯރުކޯށްދިނުމަށްކަމަށެވެ.

ރައްޔިތުން ބޭނުންވާކަމަކަށްވާތީ ސަރުކާރަށް އެކަން ކޮށްދޭން މިޖެހެނީ، އެތައް ޒަމާނެއް ވެއްޖެ އެކަން އެމީހުން ބޭނުންވެފަ ތިބޭތާ

މިކަމަށް ބޭނުންވާ ވަސީލަތްތައް އެބަހުރިކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މި މަހުގެ 20 ގައި މި ހިދުމަތްދޭ މަސައްކަތްކުރުމަށް އަންނަކަމަށެވެ.

ވިލިމާލެއަކީ ތިމާވެއްޓާއި ރައްޓެހި ރަށަކަށްވާތީ ބޭނުންކުރާނީ އެލެކްޓްރިކް ބަސްކަމަށް އާޒިމް ވިދާޅުިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު މާލެ ސިޓީ ކައުންސިލާއި ހިއްސާކޮށްފައި ނެތުމުގެ ކަންބޮޑުވުން އޮތުމުން، އަސްލަމް ވިދާޅުވީ ސިޓީ ކައުންސިލަށް މައުލޫމާތު ފޯރުކޮށްދޭނީ ސަރުކާރުންކަމަށެވެ. މިކަމުގައި ސިޓީ ކައުންސިލުގެ އެއްބާރުލުން ލިބޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން އެ އަވަށުގައި މި މަހު ބަހުގެ ހިދުމަތް ފަށާނެކަން އިއުލާންކޮށްފައިވަނީ، މާލޭ ސިޓީ ކައުންސިލުން އަންނަ މަހު ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށަން ތައްޔާރުވިކަން މިއަދު އިއުލާންކޮށްފައި ވަނިކޮށެވެ.

މި ޚިދުމަތާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ވިލިމާލޭގެ ރައްޔިތުން އެދޭ އަމާޒަށް ވާސިލްވުމަށްޓަކައި، ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: