ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާވެރިކަމުގައި މަގުމަތީގައި އުޅުނު މީހުން ދޫކޮށް ނުލާނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އެތައް ދުވަހެއްގެ މަސައްކަތުން އެމްޑީޕީން ގެނައި ފުރަތަމަ ވެރިކަން ބަދަލުވުމަށް ފަހު، އޭގެ ފަހުން ހަތް އަހަރު ވަންދެން މަގުމަތީގައި ހޭދަ ކުރަން ޖެހުނު އަނިޔާވެރި ހަތް އަހަރު ދުވަސް މަތީން ހަނދާނެއް ނުނެތޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތައް އުފެދި އެކަމުގެ އަސަރު ޕާޓީގެ އެތެރެއަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. މި މަހުގެ 28 ގައި ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ދެ ރައީސުން ވާދަކުރައްވާއިރު ކެމްޕެއިން ބައްދަލުވުންތަކާއި ޖަލްސާތަކުގައި ތަފާތު އެކި ފާޑުކިއުންތައް ދަނީ އަމާޒު ކުރަމުންނެވެ. ރައީސް ސޯލިހު ފާހަގަ ކުރައްވަނީ، 2008 ގައި އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމަށް ރައީސް ނަޝީދު ވަޑައިގަތުމަށް ފަހު، ދޮޅު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ބަދަލުވެގެން ދިޔަ ގޮތެވެ. ރައީސް ނަޝީދު ފާހަގަކުރައްވަނީ މި ސަރުކާރަށް އެމްޑީޕީގެ މެނިފެސްޓޯ އާއި ޕާޓީގެ އުސޫލުތައް ދެމެހެއްޓުމުގައި ފެއިލްވެފައިވާކަމަށެވެ.

ކެމްޕެއިނަށް ދެ ރައީސުން ވެސް މިވަގުތު ތިއްބެވީ އަތޮޅު ތެރޭގަ އެވެ. އެގޮތުން، ށ. އަތޮޅު ދަތުރުގެ ތެރެއިން މިއަދު ކަނޑިތީމަށް ވަޑައިގެން ރައީސް ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރު ރާއްޖެ އޮތީ އަނިޔާވެރިކަުގައި ކަމަށައި އެދުވަސްވަރުގައި ހުކުމެއް ނެތި ޖަލުގައި ތިބި އެމްޑީޕީ މެމްބަރުންގެ ތެރޭގައި ކަނޑިތީމް ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ފަދަ އެތަކެއް މެމްބަރުން ހިމެނޭ ކަމަށެވެ.

އެގޮތުން އެ ހަތް އަހަރުދުވަހު ހިނގި އަނިޔާވެރިކަމަކީ ނުވާ ކަމަކަށް ނެހެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”އެ އަނިޔާވެރިކަމުގައި މަގުމަތީގައި ހޭދަކުރި ދުވަސްތަކުގައި ބައިވެރިވި މީހުންނެއް ދުލެއް ނުކުރެވޭނެ. އެއީ ނެތް ދުވަހެއް ކަމަށް ހަދައި އެ ހަތް އަހަރު ނުފެންނަ ބަޔަކަށް އެދުވަހުގެ އިހުސާސްތަކެއް ނުކުރެވޭނެ.“ ރައީސް ސޯލިހު

އެމްޑީޕީ އަށް މިއަދު މިވަނީ އަމާން ބަނދަރަކަށް އާދެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ. ޕްރައިމަރީގައި ޕާޓީގެ މެމްބަރުން ނިންމާ ނިންމުމެއްގެ ސަބަބުން ވެރިކަން އެހެން ބައެއްގެ އަތްމައްޗަށް ފުރޮޅިގެން ހިނގައިދާނެ ކަމަށާއި އޭރުން އަނިޔާވެރިކަމަށް އަލުން ދާން ޖެހިދާނެ ކަމަށާއި އެއީ ރައްޔިތުން ގޮވައިގެން ދާން ބޭނުންވާ ތަނެއް ނޫން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ކާރިސާތަކާއި ހާދިސާތައް ހިނގަމުންދާ މި ދަނޑިވަޅުގައި ރާއްޖެއަށްވެސް އެކަމުގެ އަސަރުކުރާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ވެރިކަމުގައި ތިބޭ ބަޔަކު ކަންކުރާ ގޮތާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަތުރުފަތުރުން ރާއްޖެ ގުޅާލުމަކީ އެމްޑީޕީގެ ފިކުރެއް ކަމަށާއި ނަމަވެސް މީގެ ކުރިން އެކަން ފެށީ ޕްލޭނެއް ނެތި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ށ އަތޮޅުގެ ރަށްތަކަކީ ޒަމާނުއްސުރެ އެކަހެރިކޮށް ދޫކޮށްލެވިފައި އޮތް އަތޮލެއް ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުގެ ސިޔާސަތުގައި އެންމެ އިސްކަމެއް ދިނީ ރައްޔިތަކު ދިރިއުޅޭ ތަނަކީ ވަކި ތަނެއް ކަމުގައި ނުބަލާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ވަކިވަކި ރަށްތަކަށް އެކުލެވިގެންވާ ގައުމެއްކަމުން އެއް ރަށާއި އަނެއް ރަށް ގުޅުވާލައިގެން މެނުވީ ހަގީގީ އިގްތިސާދީ މަންފާއެއް ރައްޔިތުންނަށް ނުފޯރާނެ ކަމަށެވެ. ވުމާއެކު އެކަން ހަގީގަތަކަށް ހެދުމަށް ދަނީ މަސައްކަތް ކުރެވެމުން ކަމަށެވެ. އެ މަސައްކަތް ކުރީގައި ފެނުނު ނަމަވެސް ރަނގަޅު ޕްލޭނަކާއި ވިސްނުމެއް ނެތި އެކަން ކުރުމުން ވެގެންދިޔަ ގޮތް އޮތީ ފެންނަން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: