ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން ވަނީ އޯޕީޑީ އިމާރާތް ނިންމާ ހޮސްޕިޓަލްގެ މެނޭޖްމަންޓް އާއި ހަވާލްކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ވޯރޑް އިމާރާތް އެޅުމާއި، އައިސީޔޫ ޔުނިޓް އެޅުމާއި ލެބޯރެޓަރީ އިމާރާތް އެޅުން ހިމެނެއެވެ.

ހޮސްޕިޓަލްގެ އޯޕީޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ހާއްސަ 21 ރޫމަކާއި ޓްރީޓްމަންޓް ރޫމަކާއި ޕްރޮސީޖަރ ރޫމަކާއި އީސީޖީ ރޫމްގެ އިތުރުން އެކޯ ރޫމެއް ހިމެނެއެވެ.

މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: