ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމްގެ ބާރު ކަނޑާލާފަ: މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމްގެ ބާރު ކަނޑާލާފައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމްގެ ބާރު ކަނޑާލާފައި ކަމަށާއި އެކަމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ކައުންސިލުން ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި ހުރަސްތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

ހައުސިންގ މިނިސްޓްރީ އާއި ސިޓީ ކައުންސިލް ގުޅިގެން ހުށަހެޅި އެއްވެސް ކަމަކަށް އެއްބާރުލުން ނުދީ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ އެއް އަހަރު ހޭދަވެގެން ގޮސްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ކުންފުނި އުފައްދަން ބޭނުންވާ ހުއްދަ ނުދީ އެއް އަަހަރާއި ހަތަރު މަސް ފާއިތުވެގެން ގޮސްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކައުންސިލްގެ ސްޓްރެޓެޓިކް އެކްޝަން ޕްލޭންގައި ހުރި ގިނަ ކަންކަން މާލީ ގޮތުން ދެކޮޅުޖެހޭ ހަރުދަނާ އަދި ދެމެހެެއްޓެނިވި ގޮތެއްގައި ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެވިފައިވާ ނަމަވެސް އެކަމަށް އެދެވޭ ހައްލެއް މިހާތަނަށް ލިބިފައިނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ ފަރާތުން ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް ނިންމާފައިވަނިކޮށް އެމްޓީސީސީ އަށް އެތަނުގައި ބަހުގެ ހިދުމަތް ގާއިމްކުރުމަށް ދީފައިވާތީ އެކަމުގެ ކަންބޮޑުވުން މުއިއްޒު ވަނީ ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މުއިއްޒޫ.. މަނިކުފާނު 7އަހަރު ހައުސިން މިނިސްޓަރަކަށް ހުރެގެން އޭރު ކައުންސިލްތަކަށް ޖެއްސުންކޮށް ކައުންސިލަރުން ސަސްޕެންޑުކޮށް ޤާނޫނުތައް އަންބޮނޑިޔަށްލައިގެން އުޅުނު ހަނދާންނެތުނީތޯ، އޭރުއޮތް މާލޭ ސިޓީކައުންސިލައްޖެއްސި ހާލު ހަނދާންނެތުނީތޯ، މިހާރު މަނިކުފާނު ފައިވިއްދާފަ ތިހުރީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށްކަން ޕީޕީއެމް އާންމުމެމަބަރުންނަށް އިނގޭ، މާކަންތައް ވާމީހެއްކަމަށް ދައްކަންވެގެން ސުޓަންޑު ނުޖައްސަވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: