ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ރައީސް ސާލިހަށް: ޔާމީނަށްވުރެ ރައީސް މައުމޫނާއި އިމްރާންވެސް ބިރުވެރި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި. ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްއާއެކު ވާހަކަތަކެއް ކުރިއަށް ގެންގޮސްދާނެކަމަށް ބިރުން އުޅޭއިރު، އެމްޑީޕީއިން މިހާރު ހަދައިގެން ތިބިި އިިއްތިހާދުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުންނެވިކަމަށް ފާހަގަކުރައްވާ ބިރުވެރީ ކޮން ކަމެއް ކަމާއިމެދު މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފި.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުންވެސް ބަހުގެ ހަމަލާތަކެއް ރައްދު ކުރަމުންދާއިރު، ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާއެއްގައި މިނިސްޓަރު މާރިޔާ އަހުމަދު ދީދީވަނީ، ރައީސް ނަޝީދު ޕީޕީއެމްއާއިއެކު ކޯލިޝަން ހައްދަވާފާނެކަމާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ގއ މާމެންދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، 18 މަސްދުވަހު އެމަނިކުފާނު “ޓިނު” ގޮޅިއެއްގައި ބޭއްވީ ރައީސް ޔާމީން ނޫންކަމަށެވެ. އަދި ބިރުވެރީ މިހާރު ހިނގަމުންދާ ކަންކަމަކީ އެމްޑީޕީގެ ސިޔާސަތުތަކެއް ކަމަށް ވިދާޅުވެދާނެތީކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ ނޫން އެއްވެސް ކަމެއް ބިރުވެރިއެއް ނޫންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ބިރުވެރީ ރައްޔިތުންނަށް އެމްޑީޕީއިން އެދޭ ބަދަލުތައް ނުގެނެސްދެވިދާނެތީކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ބިރުވެރީ ރައްޔިތުންނަށް ނިކަމެތިކަން ފޯރަމުންދާތީ ކަމަށެވެ. އަދި ރައްޔިތުންނަށް ހަށި ފޮޅާފައި ނުތެދުވެވޭކަމަށާއި އެމަނިކުފާނު ކަންބޮޑުވަނީ މަހުގެ އަގު 25 ރުފިޔާއަށް ނުއުފުލޭތީކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ތެލުގެ އަގު 19 ރުފިޔާގައި ހުންނާތީ ބިރުގަންނަކަމަށެވެ. އަދި ބާނާ މަހުގެ 75 އިންސައްތަ “ރޮލާ” ތައިލެންޑަށް ފޮނުވާތީވެސް ބިރުގަންނަކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެންމެންވެސް ބިރުގަނެ ކަންބޮޑުވާންވީ އެންމެ ކަމަކާއި ކަމަށެވެ. އެއީ އެމްޑީޕީއަށް ލިބެން އޮތް ފައިދާއާއި މަންފާ ދޫކޮށް އިއްތިހާދުގެ ލީޑަރުން ރުއްސުމަށް ކުރާ ކަންކަން ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: