ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތައް ބެލުން ލަސްވީ ރައީސް ނަޝީދުގެ ސަބަބުން: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީ ހިޔާނާތުގައި ތުހުމަތު ކުރެވޭ އެތައް ބައެއްގެ މައްސަލަ ނުބެލި އޮތުމުގެ ފުރިހަމަ ޒިންމާ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނަންގަވަންޖެހޭނެކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، ދެ ފެކްޝަނު ދެމެދު ބަހުގެ ހަމަލާތައް ރައްދު ކުރެވެމުންދާއިރު، ނިހާދު ވަނީ ރައީސް ނަޝީދުގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އެނާ ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ އެތައް ބައެއް ހިމާޔަތްކޮށްފައިވާކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ކަމަށް ފާހަގަކުރެއްވިއެވެ.

ނިހާދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އެތައް ބަޔަކަށް ހިމާޔަތް ލިބިފައިވުމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހެނީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި އެގޮށް ހިމާޔަތް ކުރެއްވީ، އެމަނިކުފާނުގެ އަރިސް ބޭކަލުން ސަލާމަތް ކުރެއްވުމަށްޓަކައިކަމަށާއި، މައސަލަތައް ބެލުން ލަސްވެގެންދިޔައީ އެ ސަބަބައްޓަކައިކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ ތެރެއަށް ނުފޫޒުތަކެއް ފޯރާފައިވާކަމަށް ފާހަގަކުރައްވާ ނިހާދު ވިދާޅުވީ، އެހާ ފިއްތުންތައް ބޮޑު އިރުވެސް މައްސަލަތައް ވަކި ވަކިން ބެލި އެތައް މައްސަލައެއް ދަނީ ކޯޓުގައި ހިނގަމުންކަމަށެވެ. އަދި ފައިސާ ހޯދުމަށް ހުކުމް ކުރެވެމުންދާކަމަށާއި، ކޮވިޑްގެ ދަތިތަކުގެ ސަބަބުން ލަސްވުމާއި، މަޖިލީހުގެ ސަބަބުން ކުރިމަތިވި ދަތިތަކާއި ދާދި އެއްވަރުކަމަށް އެނާ ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: