ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްފައިސާ އިން އެފްއެސްއެމްގެ ޕެޓްރޯލަށް ފައިސާ ދައްކައިގެން ސްކޫޕީ ސައިކަލެއް

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސް އާއި އެފްއެސްއެމް ގުޅިގެން މާލޭގައި އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން އެމްފައިސާ އިން ކަސްޓަމަރުންނަށް ޕެޓްރޯލްއަށް ފައިސާ  ދެއްކޭނެ އިންތިޒާމް މިދިޔަ އަހަރު ވަނީ ހަމަޖައްސާފައެވެ.

އެމްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަށް އެމް ފައިސާ މެދުވެރިކޮށް 14 މެއި 2923 ގެ ކުރިން ފައިސާ ދައްކަވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަށް ކިންގްސްޓަން ޝޯރޫމްގެ ފަރާތުން ސްކޫޕީ ސައިކަލެއް ހޯދުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

އުރީދޫ އިން މި ޑިޖިޓަލް ޕޭމަންޓް ގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ އިތުބާރު ހިފޭ، އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަން އެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.

ޕެޓްރޯލް ޕަމްޕް ތަކުގައި ބަހައްޓާފައިވާ އެމް ފައިސާ ކިޔުއާރު ކޯޑް ސްކޭންކޮށްލުމުން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ.

އެމް ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެއެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަް އުރީދޫ އެޕް މެދުވެރިކޮށް އެމްފައިސާ އަށް ރަޖިސްޓްރީވެ، ޔުޓިލިޓީ ބިލް ދެއްކުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރުވެފައިވާ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްގެ އިތުރުން ގެސްޓް ހައުސް، ކްލިނިކް އަދި ސްކޫލްތަކުގެ ފައިސާ ދަައްކާ ފަރާތްތަކަށް ހާއްސަ އޮފަރ ތަކެއް ލިބިގެންދާނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: