ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ “ރަމަޒާން ބާޒާރު” ފަށައިފި

އެސްޓީއޯ ރަމަޒާން ބާޒާރު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ކޮންމެ އަހަރެއްގެވެސް ރަމަލާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ “ރަމަޒާން ބާޒާރު” ޕްރޮމޯޝަން ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި “ރަމަޒާން ބާޒާރު” ޕްރޮމޯޝަން ފައްޓަވައިދެއްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރުއެވެ. ގިނަ އަދަދެއްގެ އައިޓެމްތަކުން ޑިސްކައުންޓު ލިބިގެންދާ މި ޕްރޮމޯޝަންގެ ދަށުން ހޯމް އެޕްލައެންސަންސް އިންވެސް ޑިސްކައުންޓުތައް ލިބިގެންދެއެވެ.

އެސްޓީއޯއިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން މި އަހަރު ލިބިގެންދާ އެންމެ ހާއްސަ އިނާމެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ އުމްރާ ދަތުރެކެވެ. އަދި ތިން ނަސީބުވެރިއަކަށް އަގު ހުރި އިނާމުތަކެއް ލިބިގެންދާކަމަށްވާއިރު، ޓީވީތަކުން ލިބިގެންދާ ޑިސްކައުންޓުގެ އިތުރުން ބަލައްވައިގަންނަ ފަރާތްތަކަށް ޓީވީ ތަކާއި އެކު އިނާމުތަކެއް ލިބޭނެކަމަށް ވިދާޅުވިއެވެ.

އެސްޓީއޯ “ރަމަޒާން ބާޒާރު” ލަކީ ޑްރޯގައި ބައިވެރިވެވެނީ 500 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށެވެ. އެ އަދަދަށްވުރެ މަތިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ.

މި ޕްރޮމޯޝަން އެ ކުންފުނީގެ މަކިޓާ އަދި ނިޕޯން ޝޯރޫމުގެ ފެށުމަށް ކަނޑައެޅިފައިވަނީ ކުރިއަށް އޮތް މަހުގެ ތެރޭގައެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ 2023 ވަނަ އަހަރުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: