ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ހާލުގައި ޖެހުމުން މެނޭޖުކުރަން އެނގޭނެކަން ރައީސް ސާލިޙް ދައްކަވައިފި: މެމްބަރު ޒަރީރު

ރައީސް ސާލިހު އަދި މެމްބަރު ހަސަން ޒަރީރު: ފޮޓޯ/ ރައީސް ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއް ބިނާ ކުރުމުގައި އެ ގައުމެއްގެ ރައްޔިތުން ގޮވައިގެން ރަނގަޅު ލީޑަރޝިޕެއް ދެއްކުމަކީ އެ ގައުމެއްގެ ރައްޔިތުން ހާލުގައި ޖެހިފައިވާ ވަގުތު އެކަންކަން މެނޭޖުކުރަން އެނގުންކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ އެ ލީޑަރޝިޕުގެ ސިފަތައް ދައްކަވާފައިކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އއ މާޅޮހުގައި ކުރިއަށް ގެންދިޔަ ރައީސް ސާލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، ކޮވިޑްގެ ހާލަތުން އަރައިގަތުމުގައި ރައީސް ސާލިހު ދެއްކެވި ލީޑަރޝިޕަށް އެނާ ޝުކުރު ދަންނަވާކަމަށެވެ. އެނާ ވިދާޅުވީ، އިގްތިސާދީ ގޮތުން ނަޒަރު ހިންގާއިރު، ނިމިދިޔަ އަހަރުގެ ތެރޭގައި ކޮވިޑްގެ ކުރީގެ ހާލަތަށް ދިވެހި އިގްތިސާދު ރުޖޫއަވެގެންދިޔަ މަންޒަރު ފެނިގެންދިޔަކަމަށެވެ. އެގޮތުން ޓާގެޓު ކުރި ގޮތަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށްވެސް ޒަރީރު ފާހަގަކުރެއްވިއެވެ. އެނާ ވިދާޅުވީ، ރާއްޖެ މިހާރު އޮތީ ރަނގަޅު މިސްރާބެއްގައިކަމަށެވެ. އަދި އެގޮތުގެ މަތިން ރާއްޖެ ކުރިއަށް ގެންދެވޭނީ ރައީސް ސާލިހުގެ އަތުގައި ހިފައިގެންކަމަށް ވިދާޅުވިއެވެ.

ކެމްޕެއިންގެ ތެރެއިން ގިނަ އަދަދެއްގެ ރަށްތަކަށް ވަޑައިގެންނެވިކަމަށް ފާހަގަކުރައްވާ ޒަރީރު ވިދާޅުވީ، އަރާ ކޮންމެ ރަށަކުންވެސް ފެނިގެންދަނީ ތަރައްގީކަމަށެވެ. އެގޮތުން ބައެއް ރަށްތަކުގެ ބަނދަރު ނިމިފައިވާއިރު، އަނެއް ރަށްތަކުގައި އެ މަޝްރޫޢު މިހާރު ކުރިއަށް ދާކަމަށް އެނާ ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ، އެއް ގަމަށް އަރާލުމުން ފެނިގެންދަނީ ބިނާކޮށްފައިވާ ޕާކުތަކާއި ޒުވާނުންނަށްޓަކައި ބިނާކޮށްދީފައިވާ ޖިމުތައް ކަމަށެވެ. އަދި އިތުރަށް ބަލާލުމުން އިމާރާތްކުރަމުންދާ މިސްކިތްތަކާއި ސުކޫލުތައްވެސް ފެނިގެންދާއިރު މީހުން ދިރިއުޅޭ ސަރަހައްދާއި ދުރަށް ޖެހުމުން އަޅާފައިވާ ފުޓުބޯޅަ ދަނޑާއި ފުޓުސަލް ދަނޑުތައްވެސް ފެނިގެންދާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ 360 ޑިގްރީއަށް އެނބުރިލުމުން އެ ހުރިހާތަކެއް އެކުގައި ފެނިގެންދާކަމަށެވެ.

ރައްޔިތުން އެދެމުންދަނީ އެ ތަރައްގީތަކަށް ނޫންތޯ ސުވާލު ކުރައްވާ ޒަރީރު ވިދާޅުވީ، ސަރުކާރުންދަނީ ތަރައްގީތައް ގެންނަމުންކަމަށެވެ. އަދި މާޅޮހުގައިވެސް އެތައް މަޝްރޫޢުއެއް ކުރައިށްދާކަން އެ ރަށުގެ ކައުންސިލުންވެސް ފާހަގަކުރައްވާކަމަށް އެނާ ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ، އެ ރަށާއި ގާތުގައި އޮންނަ ހިމަންދޫ މަތިވެރި އަދި ފޮޅޫދޫގައިވެސް ހަލުވި ދުވެއްޔެގައި މަސައްކަތްތައް ކުރިއަށް ދާކަމަށެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ، އެމްޑީޕީގެ ޑިމޮކްރެސީގެ އުސޫލުތައް ދަމަހައްޓައި ނަގަހައްޓައި އެކަން ކުރަން އެނގިވަޑައިގަންނަވާ، ހިޔާލު ތަފާތު ނަމަވެސް ގިނަ މީހުން ގޮވައިގެން އުޅެވޭނެ ލީޑަރަކީ ރައީސް ސާލިހު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: