ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓު ހަދަން 14 ރަށެއް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި

ޓުއަރިޒަމް މިނިސްޓަރ އަބދުﷲ މައުސޫމް/ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީ ކުރަން  14 ރަށެއް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ރިސޯޓު ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީ  ހުޅުވާލި 14 ރަށުގެ ތެރެއިން އެންމެ ބޮޑު އެކުއިޒިޝަން ކޮސްޓް ދައްކަން ޖެހެނީ ކ. ކާށިދޫ ފަޅާއި ނިލަންދޫ ފަޅުގެ ސަރަހައްދަށެވެ.

ކ. ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދަކާއި ފ. ނިލަންދޫ ފަޅުން 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ތަރައްގީ ކުރަން ކަނޑައަޅާފައިވެ އެވެ. އެ ދެ ތަނަށް ވެސް އެންމެ ދަށް ލޭންޑް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު ( 34 މިލިއަން ރުފިޔާ ) ހުށަހަޅަން ޖެހެއެވެ.

އިތުރަށް ދޫކޮށްފައިވަނީ ހއ. އަލިދުއްފަރުފިނޮޅާއި ރ. އެއްތިގިލި އާއި މ. ބޯހުރާ އާއި ގއ. ބޭރަމައުއްޑޫ އާއި ގއ. ފުނަދޫވިލިގިއްލާ އާއި ގދ. ކަޅެހުއްޓާ އާއި ގދ. ހާދުވާ އެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޯސްޓް އުޅެނީ ފަސް ލައްކަ އާއި ދެ ލައްކަ ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.

ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: