ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެނުއަރީ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 30 އިންސައްތަ އިތުރުވެއްޖެ

ތިން ރިސޯޓުން، ޕޮޒިޓިވް ވީ މީހުންނާއި ކޮންޓެކްޓުވެފައި ނެތް 246 ޓޫރިސްޓުން ފުރުވާލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 30 ޕަސެންޓަށް އިތުރުވެފައިވާކަން ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތައް އިގިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްވަނީ 172،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައީ 130،000 ޓޫރިސްޓުންކަމުގައިވާއިރު، ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 40،000 އަށް އިތުރުވެފައިކަން ތަފާސް ހިސާބުތަކުން އެގެއެވެ. މިދިޔަ މަހު އެވްރެޖުކޮށް ދުވާލަކު ރާއްޖެ އަށް 5،500 ޓޫރިސްޓުން އައެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 30 ޕަސެންޓަށް އިތުރުވެފައިވާއިރު،  މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 24،000 ޓޫރިސްޓުން އައި އިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން 19،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓަށް ވެސް އަރައިފައިވާ ޗައިނާއިން މި މަހުގެ 18 އިން ފެށިގެން ޓޫރިސްޓުން ވަނީ އަންނަން ފަށައިފައިކަން ފާހަގަކުރެވެއެވެ. އެގޮތުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޗައިނާގައި ފަތުރުވެރިކަމުގެ މަސައްކަތްތައް ކުރާ އޮޕަރޭޓަރުން ބައެއް ގައުމުތަކަށް ގުރޫޕު ޓޯރތައް އަލުން ފެށުމަށް ވަނީ ނިންމާފައެވެ.

ޗައިނާ އެމްބަސީއިން ބުނެފައިވާގޮތުން އަލުން ފަތުރުވެރިން ފޮނުވަން ފެށުމަށް ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެނީ ފުރަތަމަ ގުރޫޕުގައެވެ.

އެތައް އަަހަރެއް ލޮކްޑައުންގައި އޮތުމަށްފަހު، ޗައިނާގެ ބޯޑަރުތައް ހުޅުވާލާފައިވަނީ ދާދި ފަހުންކަމަށްވާއިރު، މިކަމުގެ ސަބަބުން އަލުން ކޮވިޑްގެ ބަލިމަޑުކަން ފެތުރުމުގެ ބިރު އޮތްކަމަށް ވޯލްޑު ހެލްތު އޮރގަނައިޒޭޝަނުންވަނީ ފާހަގަކޮށްފައެވެ. އަދި ބައެއް ގައުމުތަކުން ޗައިނާއިން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކޮވިޑް ޓެސްޓު ހެދުމަށް މަޖުބޫރު ކުރުމަށް ނިންމާފައިވާއިރު، އެ ގައުމުންވަނީ އެކަމާއިމެދު ނުރުހުންވާކަން ހާމަކޮށްފައެވެ.

މި އަހަރު ރާއްޖެ އަށް އަންނާނެކަމަށް ލަފާކޮށްފައިވަނީ 1.8 މިލިއަން ޓޫރިސްޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: