ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހުރާގައި ރިސޯޓް ތަރައްގީ ކުރަނީ ސާރފް ޕޮއިންޓް ނުހިމަނާ: ޓޫރިޒަމް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

 

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ މ ބޯހުރާ ބީލަމަށްލާފައިވަނީ އެރަށާ ކައިރީގައިވާ މަޝްހޫރު ސާފް ޕޮއިންޓް ނުހިމެނޭ ހެން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީގެ ޕްރެސްރިލީޒްގައި ބުނެފައިވާ ގޮތުގައި މ ބޯހުރާ ތަރައްގީ ކުރުމަށް ހުޅުވާލިއިރު ބޯހުރާގެ ކައިރީގައިވާ މަޝްހޫރު ސާރފް ޕޮއިންޓް ރަށުގެ ބައުންޑްރީގައި ނުހިމެނޭ ކަމަށެވެ.

އަދި ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެލޫމުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން މ ބޯހުރާގެ ބައުންޑްރީ ކަނޑައަޅަނީ އެ ސާރފް ޕޮއިންޓް ވަކިކުރުމަށް ފަހުގައި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި ބޯހުރާ ކައިރީގައި އޮންނަ ސާރފް ޕޮއިންޓް ތަކަކީ ފަތުރުވެރިންނާއި އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް އޮންނަ ތަންތަނަށް ހެދުމަށް ސައިޓް މެނޭޖްމަންޓް ޕްލޭން އެއް ތައްޔާރުކަމަށް ސްޓޭކްހޯލްޑަރުންނާއެކު ދަނީ މަޝްވަރާ ކުރެވެމުން ކަމަށެވެ.

މީގެ އިތުރުން ރަށް ތަރައްގީ ކުރުމުގައި ރަށް އިތުރަށް ހިއްކުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބޯހުރާ އަށް އަރާ ފޭބުމުގެ އިންތިޒާމް ހަމަޖައްސާނީ ރިސޯޓް ތަރައްގީ ކުރާ ފަރާތާއި މުލީ ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މުލީ ބަނދަރުން ކަންވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: