ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބަދުވެސް މިޖެހެނީ ސަރުކާރުގައި އާދޭސް ކޮށް ސަލާންޖަހަން: ސައިފް

ގަލޮޅު އުތުރު ދާއިރަގެ ކައުންސިލަރ ސައިފް ފާތިހު
ޝެއާރކޮށްލާ ކަހަލަދޯ؟

އަބަދުވެސް ޖެހެނީ  ސަރުކާރުގައި އާދޭސް ކޮށް ސަލާން ޖަހަށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ 86 ވަނަ އާއްމު ޖަލްސާގައި މާލެސިޓީގެ އޮފީސްތަކުގެ ބިލްތައް ނުދެއްކާ ކަމަށް ބުނެ ސްޓެލްކޯ އިން ކަރަންޓް ކަނޑާލި މައްސަލައިގައި ސައިފް ވިދާޅުވީ އެއްވެސް ކަހަލަ އިންޒާރަކާއި ވެސް ނުލާ ކަރަންޓްގެ ހިދުމަތް ކަނޑާލުމަކީ ކުޅޭ ކުޅިވަރެއް ނޫން ކަމަށެވެ.

ފެނިގެންދަނީ ކުޑަކުދިންގެ ތެރޭގައި ކަން ހުންނާނެ ގޮތް ކަމަށާއި އެކަކު ރުޅިއައީމާ ބޮޑާ ދައްކާ އުސޫލުން ކަންކުރަމުންދާ ތަން ފެނިގެންދާ ކަމަށެވެ.

ސައިފް ވިދާޅުވީ އެކަން އެގޮތަށް ކުރެވިގެން ނުވާނެ ކަމަށާއި މާލެސިޓީ ކައުންސިލްގެ ފަރާތުން ކަރަންޓް ކަނޑާލި މައްސަލަ ޔުޓިލިޓީ ރެގިއުލޭޓަރީއަށް އަންގަންޖެހޭނެ ކަމަށެވެ.

ސައިފް ވިދާޅުވީ އެބޭފުޅާ އާއި ކައުންސިލަރ އާދަމް ރަމީޒް، މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ ލަފާގެ މަތިން ސްޓެލްކޯގެ ޗެއަރމަން އާ އެކު ބޭއްވި ބައްދަލުވުމެއްގައި އެކުންފުނިން މާލެސިޓީ ކައުންސިލަށް 79 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް ބުނި ކަމަށެވެ. އަދި އެވާހަކަ އާއްމުކޮށް ނުދައްކަނީ ކަމަށްވެސް ސައިފް ވިދާޅުވިއެވެ.

އެ 79 މިލިއަން ރުފިޔާ އެބޭފުޅުން ދައްކަވަން ހުރި  ބިލްތަކުން ކަނޑާލައިފިއްޔާ ސްޓެލްކޯ އަށް ގެއްލުންވާނީ ހަމަ. އެކަމު އެހެނެއްނޫން މިކަންތައް މި ކުރަނީކީ. އަޅުގަނޑުމެން ކޮންމެ ދުވަހަކު ނިކުމެ ނުދައްކަން ސްޓެލްކޯ އިން މާލެސިޓީ ކައުންސިލަށް 80 ވަރަކަށް މިލިއަން ރުފިޔާ އެބައޮތޭ ދޭންވެފަ. އެހެންވީމާ އަޅުގަނޑުމެން މަގު ކޮނުން ހުއްޓާލަނީއޭ. އެގޮތަކަށް ނޫން އަޅުގަނޑުމެން އަމަލުކުރަނ.ީ

ސައިފް ވިދާޅުވީ މިއީ ރައްޔިތުންނަށް ކުރާ ހިދުމަތެއް ކަމަށާއި މިއީ ދައުލަތެއް ކަމަށާއި މިއީ އިންތިޒާމްވެގެން ވަކި ތަރުތީބަކުން ރައްޔިތުންނަށް ހިދުމަތްތަކެއް ދިނުމަށް އުފެއްދިފައިހުރި މުއައްސަސާ ތަކެއް ކަމަށެވެ. އެހެންކަމުން އެތަންތަނުގައި ކުޑަކުދީން އުޅޭ ގޮތަށް ބޮޑާ ދައްކައިގެން އަމަލު ނުކުރެވޭނެ ކަމަށެވެ.

 ދެން މާލޭ ރައްޔިތުންނެއް މިސަރުކާރުން ކިތަންމެ ވަރަށް ރުޅި އަޔަސް އަޅުގަނޑަކަށް ހިއެއް ނުވޭ މާލޭ ރައްޔިތުން މިސަރުކާރަށް އިތުބާރު ކުރާނެ ހެނެއް. ދެން ބޮޑަށް އަންނާނީ ރުޅި. މާލެ ކުނި ނުކެހޭ ގޮތް ހެދީމަ އަންނާނީ ރުޅި މާލޭ ރައްޔިތުން  އަދިވެސް ސަރުކާރުދެކެ.

މި މާލޭ މީހުންނަށް ކޮން އަޒާބެއް ދައްކަވާކަށްތޯ މި ސަރުކާރުން އުޅެނީ. އެކަމުގެ ސަބަބުން މާލޭ މީހުން ސަރުކާރަށް ނުވެއް ލެނބޭނެ. ތާއީދެއް ނުލިބޭނެ އެކަމުގެ ސަބަބުން ތާއީދެެއް ސަރުކާރަށް ބޮޑެއް ނުވާނެ މާލޭ ރައްޔިތުންގެ. ވަރަށް ސޭކު ކަމެއް ވަރަށް ގޯސް ކަމެއް އިނގޭތޯ. އަދި އަމުދުން އެތެރޭގެ އިންތިހާބެއްގެ ދުވަސްވަރު ބޯމަތިވެފައި އޮތްވާ މިބާވަތުގެ ކަންތައް ކުރެއްވީމަ.

ސައިފް ވިދާޅުވީ އަދިވެސް ފެނިގެންދަނީ ކުރުނީސް ކުރުމާއި އަޅުދާސްތު ކުރުމުގެ ގޮތް ކަމަށާއި އެޒަމާން މިހާރު ނެތިގެން ގޮސްފައިކަމަށެވެ.

މި ދެރަކަމަކީ އެ ބޯދާ ވިސްނުމުގެ ބޮޑު ސޯބެއް އިނީމަ، ހެން އަޅުގަނޑަށް ހީވަނީ މިހެން މިވަނީ. އަޅުދާސްތު ކުރުމުގެ ވިސްނުން. އެއްގޮތަކަށްވެސް ރައްޔިތުންނަށް ހިދުމަތެއް ކޮށްދީގެން ރީތިކޮށް ރައްޔިތުންނާ ވާހަކަ ދައްކައިގެން . ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދީގެން ރައްޔިތުން ރުއްސައިގެން ކަންތައްކުރާ ގޮތަކަށް ނޫން. ގަދަބާރުން ނާއި ނުފޫޒުންނާ ނުސިޔާނު ޑީލްތަކުން ކަންތައްތައް ކުރުވަނީ އަދި ކައުންސިލްތަކުން ވެސް އަބަދުވެސް ސްޓެލްކޯ އެމްޑީއަށް ވެސް ގުޅާފައި ދަންނަވަންވީ. އެކަމު މިއިން މީހަކީ ތަނަކަށް ދުވަހަކު ހޮވިފައި ވެސް ތިބި މީހުންނެއް ނޫނޭ. އަޅުގަނޑުމެން ސިޓީ ކައުންސިލްތަކާއި ލޯކަލް ކައުންސިލްތައް، ރައްޔިތުންގެ ސީދާ ވޯޓުން ހޮވިފައިތިބި މީހުން މި ގުދުކުރުވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިތިބޭ ބައެއްގެ ފައިދޮށަށް. އެއީ ބޭނުމަކީ

ސައިފް ވިދާޅުވީ ހިދުމަތްތައް ދޭންތިބޭ  ކުންފުނިތަކުގައި ތިބި އިސްވެރިންނާއި ސިޔާސީ މަގާމުތަކުގައި ރައީސް އައްޔަންކޮށްފައިތިބޭ މީހުންގެ ކައިރީގައި އިންތިހާބު ވެގެން އައިފައިތިބި ކައުންސިލަރުން ޖެހެނީ އާދޭސް ކުރަން ކަމަށާއި އެ ސިޔާސަތު ދޫކޮށްލަން ޖެހޭ ކަމަށެވެ.

އާދޭސް ކުރުމުގެ ގޮތް ދޫކޮށް އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ދަންނަވާ ކަމަށްވެސް ސައިފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: