ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް އެންމެން އެއް މޭޒެއް ދޮށަށް ގެނެސް މަސައްކަތްކުރެވޭ، އެއީ ރިޔާސީ ލީޑަރެއްގެ އެންމެ މުހިންމު ސިފަ: ޝައުނާ

މިނިސްޓަރު ޝައުނާ ރައީސް ސާލިހުގެ ކެމްޕެއިންގައި ވާހަކަދައްކަވަނީ: ފޮޓޯ/ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ އުސޫލެއްގެ ދަށުން ކަންކަން ހިންގުމާއި ދެކޮޅަށް ސަރުކާރުގެ މުއައްސަސާތަކުގެ ބޭފުޅުންނާއި އެކި ފަންތީގެ މުއައްޒިފުން އިލްތިމާޒް ކުރިނަމަވެސް، ރައްޔިތުން ބާރުވެރި ކުރުވައިގެން ނޫންގޮތަކަށް ބޭނުންވާ ތަރައްގީ ހާސިލު ނުކުރެވޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވާކަމަށް އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހަށް ތާއީދު ހޯއްދެވުމުގެ ގޮތުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ، ރަށްތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށް ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމުގެ ގޮތުން ރައީސް ސާލިހުގެ ސަރުކާރުން އެންމެ ފުރަތަމަ ނެގި ފިޔަވަޅަކީ އެކަމަށް ބޭނުންވާ ގާނޫނަށް އިސްލާހުތަކެއް ގެނައުންކަމަށެވެ.

ޝައުނާ ވިދާޅުވީ، އެ އިސްލާހުތަކާއި އެ ބޮޑެތި ސިޔާސަތުތައް އެކުލަވާލެއްވީ ރައީސް ސާލިހުކަމަށެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންވެސް ކަންބޮޑުވުން ފާޅު ކުރިނަމަވެސް، ރައީސް ސާލިހު އަބަދުވެސް ލާމަރުކަޒީ އުސޫލެއްގެ ދަށުން ބާރު ދިނުމަށް ވަކާލާތު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްގީތައް ލިބިގެންދާނީ މައި ސަރުކާރުން އެކަމަށް ބޭނުންވާ ބާރުތައް އައްޑޫ ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްގެންކަމަށެވެ. އަދި މިހާރުވެސް ސަރުކާރުންވަނީ އެ ބާރުތައް ދޫކޮށްފައިކަމަށާއި އެ ބާރުތަކުގެ ބޭނުން ހިފައިގެން އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީތައް ގެނެސްދެއްވާނީ ރައީސް ސާލިހުކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، ވެރިކަމުގެ ދެ ތިން އަހަރު ވޭތުވެ ދިޔައީ ދަތިތަކެއްގެ ތެރޭގައިކަމަށެވެ. އަދި ކޮވިޑްގެ ވާޙަކަތައް ދައްކަން ބޭނުން ނޫންކަމަށް ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ، އެހެންނަމަވެސް އެ ވަބާގެ ސަބަބުން ކުރިމަތިވެގެންދިޔަ ދަތި ހާލަތު އެއީ ހަނދާނުން ނައްތާލަން ނުވާ ކަމެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އޭރު މަސައްކަތް ކުރެއްވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއެއްގެ ގޮތުގައިކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް އެތައް ފަހަރެއްގެ މަތިން ފޯނު ކުރެއްވައި ރައީސް ސާލިހު ކަންކަން ކުރިއަށް ދާ ގޮތް ބައްލަވާކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، ދިމާވި ބޮޑު މައްސަލަ ހައްލު ކުރެއްވުމުގެ ގޮތުން މުޅި ދައުލަތް އެއް މޭޒެއްގެ ދޮށަށް ގެނެސް އެންމެނާއި އެކު މަސައްކަތްކުރަން އެނގުމަކީ ސިޔާސީ ގައުމެއްގެ ރިޔާސީ ލީޑަރެއްގައި ގައިގައި ހުރުން އެންމެ މުހިންމު ސިފަކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި ރައީސް ސާލިހުގެ ކިބައިގައި އެ ސިފަތައް ހުންނެވިކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: