ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގެންގުޅުއްވާ ސިޔާސަތަށް މެމްބަރުންގެ ތާއީދު އޮތްކަން ސާފުވެއްޖެ: އިމްރާން

ރައީސް ސާލިހު އަދި ހޯމް މިނިސްޓަރު އިމްރާން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ސިޔާސަތުތަކަށް އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއީދު އޮތްކަން ސާފުވެގެންގޮސްފައިވާކަމަށް އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު އަގުލަބިއްޔަތަކުން ރައީސް ސާލިހު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އިމްރާންވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހަކީ ތަފާތު ފިކުރުގެ ގިނަ މީހުން ބައިވެރިކޮށްގެން މަޝްވަރާގެ އުސޫލުން ގައުމުގެ ހިންގުމުގެ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއްކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން އެ ސިޔާސަތުތަކަށް އާންމު މެމްބަރުގެ ތާއީދު އޮތްކަން ސާފުވެގެންދާކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަދާވަރިކަން ނިމުކަށް އައިސްފައިވާއިރު، ރައީސް ސާލިހުވަނީ 63 އިންސައްތައް ވޯޓާއި އެކު އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔަ އިރު ވޯޓު ފޮށިތައް ހުރި ސަރަހައްދުތަކުގައި އެކި ވަރުގެ ބަހުސްތައް ކުރެވި ހަމަނުޖެހުންތައް ހިނގާފައިވާއިރު، ބައެއް ރަށްތަކުގައި މާރާމާރީ ހިންގުމާއި ވޯޓު ފޮށިތަކަށް ގެއްލުން ދިނުން ފަދަ އަމަލުތައް ހިންގާފައިވާކަން ފާހަގަކުރެވެއެވެ. ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ވޯޓުގެ ނަތީޖާ ޝީޓުގައިވެސް މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ބައެއް ވޯޓު ފޮށިތަކަށް ވޯޓުލުމުގެ ހައްގު އޮތް މީހުންގެ އަދަދަށްވުރެ ގިނަ އަދަދެއްގެ މީހުން ވޯޓު ލާފައިވާކަން ފާހަގަކުރެއްވޭކަމަށާއި އެކަން ދިރާސާކުރަމުންދާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: