ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ބަލި ގަބޫލެއް ނުކުރި؛ ވިދާޅުވީ ”ފިކުރެއްގެ ދިރުން“ އިން ކެނޑިޑޭޓެއް ކަނޑައެޅުމަށް!

ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ގަޑުބަޑުކޮށް، އޮޅުވާލިކަމުގެ ތުހުމަތު ތަކުރާރު ކުރައްވައި ޕާޓީގެ ދަފްތަރުން އުނި ކުރި މީހުންނަށް ފުރުސަތު ދީގެން ގޮތް ނިންމުމަށް ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ.

ދޮޅު މަސް ދުވަހުގެ ވާދަވެރިކަމާއި ފޯރިގަދަ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިނަކަށް ފަހު ނެގި ވޯޓުގައި ތާރީހު ބަދަލުކޮށްލައި، ރައީސް ސޯލިހު، އެމަނިކުފާނުގެ ދުވަސް ވީ ގާތް އެކުވެރިޔާ ނަޝީދުގެ މައްޗަށް ވަނީ ކުރި ހޯއްދަވާފަ އެވެ. އިންތިހާބުގެ ނަތީޖާއާއި މެދު ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ސުވާލު އުފައްދާއިރު، ދެން ކުރިޔަށް ނަންގަވާނެ ފިޔަވަޅާއި މެދު އެންމެން އިންތިޒާރުގައި ތިއްބައި ރައީސް ނަޝީދު ވަނީ ޕްރައިމެރީ އާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ވިދާޅުވީ ވޯޓާސް ލިސްޓަށް ބަލައި، ރައީސް ސޯލިހަށް ކުޑަ ތަފާތަކުން ކާމިޔަބީ ލިބުނު ނަމަވެސް 2023 ރައީސް ސޯލިހާއި އެކު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަމަށެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ތުހުމަތު ކުރާ ގޮތުގައި، ރައީސް ސޯލިހު ޕްރައިމެރީ ކާމިޔާބު ކުރައްވާފައި ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވައި، ނަތީޖާ އޮޅުވާލައިގެންނެވެ. އެ ނޫން ގޮތަކަށް ސިޔާސީ ގޮތުން ރައީސް ނަޝީދު ބަލި ނުކުރެވޭނެކަމަށް އަރިސް މެމްބަރުން ވިދާޅުވެ އެވެ.

ގައުމީ މަޖިލީހުގެ ވަޓަސްއަޕް ގުރޫޕަށް މިއަދުގެ ހެނދުނު ފޮނުވި މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާ ކުރުމުން ރައީސް ސޯލިހަށް ލިބުނު ގިނަ ވޯޓު އުނިވާނެ ކަމަށެވެ. ނަމަވެސް ވޯޓާސް ލިސްޓަށް ބަލައި، ކުޑަ ފަރަގަކުން ރައީސް ސޯލިހު މޮޅުވާނެކަމަށް ވިދާޅުވި އެވެ.

”އެހެން ވިޔަސް އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް ސޯލިހާއި އެކު ގޮސް 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ… އަޅުގަނޑު ހުށަހަޅަނީ، ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީ އާއި ގުޅި އެމީހުންނާއި އެކު ފެންނަ ގޮތަށް ކުރިޔަށް…. ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ފަހުން… ރިޔާސީ އިންތިހާބުގެ ކުރިޔަށް ޕާލިމަންޓްރީ ނިޒާމަށް ބަދަލު ކުރުމަށް، އެއްބަސްވާ ކެނޑިޑޭޓަކީ ތާއީދު ކުރަން ފަސޭހަ ވާނެ ކެނޑިޑޭޓޭއް..“ ރައީސް ނަޝީދު

އެހެންވެ ރައީސް ނަޝީދު ހުށަހެޅުއްވީ، ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އެމްޑީޕީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮށް ޕާޓީން ވަކި ކުރި 39،000 މެމްބަރުން އަލުން ޕާޓީ އާއި ގުޅުމަށް ފަހު ދެން ކެނޑިޑޭޓާއި މެދު ގޮތެއް ކަނޑައެޅުމަށެވެ. އަދި ”ފިކުރެއްގެ ދިރުން“ ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ އޭގެ ފަހުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު، ގެ ކުރިއަށް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށް އެއްބަސް ވާ ކެނޑިޑޭޭޓަކީ ތާއީދު ކުރަން ފަސޭހަ ކެނޑިޑޭޓަކަށް ވާނެކަމަށެވެ.

ރިޔާސީ އިންތިހާބަށް އިއުލާނު ކުރިމާއި ދެމެދު ދެން އޮތީ ފަސް މަސްކަމަށްވުމާއި އެކު، 2023 ކާމިޔާބު ކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ސޯލިހު ވަނީ، ރައީސް ނަޝީދަށް ދައުވަތު ވެސް އަރުވާފަ އެވެ. އަދި މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުންކަމަށް ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: