ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އަދި ތާއީދު ކުރައްވާ ބޭފުޅުން ކަންކަން ހައްލުކުުރަން މަޝްވަރާކުރުމަށް ދެކޮޅު ހަދާ: ޝަރީފް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންވެސް މަސްވަރާގެ ތެރެއިން ކަންކަން ހައްލު ކުރުމަށް ދެކޮޅު ހައްދަވަމުންދާކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމާއިއެކު، އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލައަށް އަލި އަޅުއްވައި ޝަރީފްވަނީ ފަހަކަށް އައިސް ރައީސް ނަޝީދަށް ގިނަ ފަހަރެއްގެ މަތިން ފާޑުވިދާޅުވެފައެވެ. އެނާ ވިދާޅުވީ، ރައީސް ނަޝީދަށް ތާއީދުކުރައްވާ “ހާޑް ކޯ” ބޭފުޅުން ގަބޫލު ކުރައްވާ ގޮތުން ރާއްޖޭގައި ހެޔޮވެރިކަމެއް ކުރެއްވުމުގެ ގާބިލުކަން ހުންނެވި ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދުކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައީސް ނަޝީދަށް ކާމިޔާބީ ލިބިވަޑައިނުގަންނަވާ އިންތިހާބުތައް ގަބޫލު ނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން އަމާޒުކުރައްވަމުންދަނީ އެމްޑީޕީ ފުންޑުފުންޑުކޮށްލެއްވުމަށްކަމަށެވެ. އަދި އެ ފެކްޝަނުން ހަމަޖެހޭ މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންދާކަމަށްވެސް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރައީސް ނަޝީދަކީ އެމްޑީޕީ މުށު ތެރެއަށް ލައި، 18 އަހަރު ދުވެހު އެ ޕާޓީގެ އިސް ވެރިޔާގެ ގޮތުގައި ހުންނެވި ބޭފުޅެއްކަމަށްވުމުން، އިންތިހާބުން ލިބިވަޑައިގަތް ނާކާމިޔާބީގެ ސަބަބުން މާޔޫސްކަމެއް އިހުސާސް ކުރައްވާނެކަން އެނާ އަށް ގަބޫލު ކުރެއްވޭކަމަށެވެ. އެހެންނަމަވެސް ޕާޓީ ނެތިދިޔަސް ހެޔޮކަަމަށް ޕާޓީ ބައިބައިކުރެއްވުމަށް ރައީސް ނަޝީދު ކުރައްވަމުންދާ މަސައްކަތްތަކާއިމެދު އެނާ ކަންބޮޑުވެވަޑައިގަންނަވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ފިކުރެއްގެ ދިރުން ފެކްޝަންގައި ތިއްބަވާ ބޭފުޅުން ގަބޫލު ކުރައްވާގޮތުން އެ ބޭފުޅުން ތިއްބެވީ ރަނގަޅު މަގުގައިކަމަށެވެ. އަދި އެ ވިސްނުމުގެ މަތިން އެމްޑީޕީގެ “އަސްލު” މެމްބަރުންނާއި “ކޮރަޕްޓު” މެމްބަރުންނާއި ވަކި ކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށާއި، އެ މަގުސަދު ހާސިލު ކުރެއްވުމަށް އެއްވެސް ހަަމަޖެހޭ މަޝްވަރާތަކެއް ކުރައްވަން ދެކޮޅު ހައްދަވާކަމަށް އެނާ ތަކުރާރު ކުރެއްވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: