ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުގެވެސް، އާއިލާގެވެސް، ރަހްމަތްތެރިންގެ ވޯޓްވެސް ރައީސް ސާލިހަށް ނުލިބޭނެ: އެމްޕީ މުހައްމަދު ރަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އޭނާގެ އާއިލާ އާއި ރަހްމަތްތެރިންގެ ވޯޓްވެސް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ނުލިބޭނެކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.

ފޭސްބުކް ޕޯސްޓެއްގައި އެމްޑީޕީގެ ސެކްރެޓޭރިއަޓުން ރައީސް ސާލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވުމާ ގުޅިގެން މަރުހަބާ ކިޔާފައިވާ ޕޯސްޓާއެކު އިބްރާހިމް ރަޝީދު ވަނީ ރިޔާސީ އިންތިހާބުގައި އޭނާ އާއި އޭނާގެ ރަހްމަތްތެރިންނާއި އާއިލާ، ރައީސް ސާލިހް އަށް ވޯޓް ނުދޭނެ ކަން ހާމަކުރުމުން އެކަމަށް އެމްޑީޕީން ފިޔަވަޅު އަޅާނެބާއޭ ވިދާޅުވެ ޕާޓީއަށް ސުވާލު އަމާޒު ކުރައްވާފައެެވެ.

އިބްރާހިމް ރަޝީދަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެމްބަރެކެވެ. އަދި އިބްރާހިމް ރަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދު ކުރައްވައި އެމަނިކުފާނުގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ބޭނުންކުރެއްވި ޝިޔާރު ކަމުގައިވާ ފިކުރެއްގެ ދިރުމުގެ ނަމުގައި އިތުރު ގޮފިތައް އެކުލަވާލުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި އެ މަސައްކަތުގައިވެސް އިބްރާހިމް ރަޝީދު ދަނީ ހަރަކާތްތެރިވަމުން ކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް ސާލިހް އެވެ. ރައީސް ސާލިހް އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓްލީ މީހުންގެ 61 އިންސައްތަ ނުވަތަ 24،566 ވޯޓާއެކުއެވެ.

ރައީސް ނަޝީދަށް ލިބިލެއްވީ 38.90 އިންސައްތަ ނުވަތަ 15،641 ވޯޓެވެ.

ޕްރައިމަރީ އިން ރައީސް ނަޝީދު ބަލިވުމާއެކު އެމަނިކުފާނު ވަނީ އިންތިހާބުން ރައީސް ސާލިހް މޮޅުވެފައިވަނީ ކުޑަ ތަފާތަކުން ކަމަށް ވިދާޅުވެފައެވެ. އަދި ފިކުރެއްގެ ދިރުމުގެ ފަރާތުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ފަހުން ކަނޑައެޅުމަށް ވިސްނަވާ ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: