ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާނީ ވަގުފާރި ހުއްޓުވުމުގެ އެއްބަސްވުމެއްގައި ރާއްޖެއާއި ލަންކާ ދެމެދު ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނީ ވަގުފާރި ހުއްޓުމަށް ލަންކާ އާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އިންސާނީ ވަގުފާރި ހުއްޓުވުމަށް ދެ ގައުމުގެ ދެމެދުގައި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބްލެކްލިސްޓް ކޮށްފައިވާ މީހުން ރާއްޖެއާއި ލަންކާ އާ ދެގައުމަށް އެތެރެ ނުވެވޭ ގޮތަށް ހަމަޖައްސާނެއެވެ.

މީގެ އިތުރުން ގާނޫނާއި ގަވާއިދާ ހިލާފަށް މީހުން އެތެރެވުން ހުއްޓުވުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމާއި އިމިގްރޭޝަންގެ އިންސާނީ އަދި ފަންނީ އަދި ޓެކްނޮލޮޖީގެ ގާބިލްކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ އޮގް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އެވެ. އަދި ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ލަންކާގެ އިމިގްރޭޝަން ކޮންޓްރޯލަރ ނިހާލް ރަނަސިންގާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: