ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާގައި ނޫސްވެރިޔާ ޝަހީދުގެ ސިކުނޑިއާއި މައިބަދައަށް ގެއްލުންތަކެއް، އިތުރު ފަރުވާއަށް ލަންކާއަށް!

ޝަހީދަށް އަނިޔާވެ ވަގުތުން ހޭނެތުނުކަމަށް މަންޒަރު ދުށް މީހުން މައުލޫމާތު ދޭ/ ފޮޓޯ: ސޯޝަލް މީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމާއި ދިމާކޮށް އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާ ކަވަރު ކުރަނިކޮށް އަނިޔާވި ޗެނަލް 13 ގެ ނޫސްވެރިޔާގެ ހާލު ސީރިއަސް ވެ އިތުރު ފަރުވާއަށް ލަންކާއަށް ގެންދިއުމަށް އާއިލާއިން ނިންމައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވި ރިޔާސީ ބަޔާނާއި ދިމާކޮށް އިދިކޮޅުގެ މުޒާހަރާތައް ފެށީ މަޖީދިއްޔާ ސްކޫލު ކައިރިންނެވެ. އަދި މަޖިލީހުގައި ތިބި އިދިކޮޅު މެމްބަރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށާއި، ސަރުކާރުގެ އިސްތިއުފާއަށް ގޮވާލަމުން ދިއުމުގެ ސަބަބުން ނަން އިއްވައި ތަޅުމުން ވަނީ ބޭރުކޮށްފަ އެވެ. އެހެންވެ، ފަހުން އެ މެމްބަރުން ވެސް ދިޔައީ، އިހުތިޖާޖުގެ ބައިވެރިންނާއި އެކު ރޯޝަނީ މަގު ކައިރީގައި އިހުތިޖާޖު ކުރަމުންނެވެ.

އެއްވުމުގެ ބައިވެރިންގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ހައްޔަރު ކުރި މި ހަރަކާތުގައި ޕެޕާ ސްޕްރޭޖަހައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވި އެވެ. އަދި ފުލުހުން އެއްވުމުގެ ބައިވެރިން ފަހަރަށް ޖައްސަން އުޅުމުގެ ތެރޭގައި، ޝިލްޑަކުން ބާރަށް ޖެހި ނޫސްވެރިޔާ ހުސެއިން ޝަހީދަށް އަނިޔާވެ ވަގުތުން ހޭނެތުނެވެ. އަދި ފުލުހުން އެ ވަގުތު ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ވެސް އޭނާއަށް އަނިތަކެއް ވީއިރު ޗެނަލް 13 ގައި ކެމެރާމަނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ޝަހީދުގެ އާއިލާއާއި ހަވާލާ ދީ އިދިކޮޅު ޕީޕިއެމުން ބުނީ އޭނާގެ ސިކުނޑިއާއި މައިބަދައަށް ގެއްލުންވެފައިވާކަމަށެވެ. އެހެންވެ، އާއިލާއިން މިވަގުތު މަސައްކަތް ކުރަނީ، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށްކަމަށް މައުލޫމާތު ދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: