ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ މެޖިސްޓްރޭޓްގެ މައްސަލަ ނުބަލަން ޖޭއެސްސީން ނިންމައިފި

ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގުރައިދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު ފަތުހުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލަ އިތުރަށް ކުރިޔަށް ނުގެންދިއުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ޒިންމާ އޮންނަ، ޖޭއެސްސީން މީޑިއާތަކަށް ބުނީ ގުރައިދޫ މެޖިސްޓްރޭޓު ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތެއްގައި ތުހުމަތު ކުރެވޭ މީހާއަށް ދައުވާއަށް އިއުތިރާފުވީ ނަމަވެސް އެއީ އަވަސް ނިޔާގެ ދަށުން ހުކުމް އިއްވަން ޖެހޭ މައްސަލައެއް ނޫންކަން ލިޔެކިއުމުންނާއި ފަތުހުﷲ ގެ ބަހުން އެނގޭ ކަމަށެވެ.

ފަތުހުﷲ މައްސަލައިގައި ނިންމި ނިންމުން އެއީ، ޖިނާއި އިޖުރާއަތުގެ ގާނޫނާއި ހިލާފުވުންކަމަށް ބެލެވެން ނެތްކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީގެ ބަޔާނުގައި ވާ ގޮތުން ކޮމިޝަނުގެ ތަހުގީގު އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނިންމާފައި ވަނީ ޖެނުއަރީ 29 ގައި ބޭއްވި ޖަލްސާ ބައްދަލުވުމުގަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ބަލަން ފެށި މައްސަލައެއްކަން ފާހަގަކުރެވެ އެވެ.

ފަތުހުﷲ ގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށީ، އޭނާ ގުރައިދޫ ކޯޓަށް ހުށަހެޅުނު މައްސަލައެއް ކުރިޔަށް ގެންދިއުމުގައި ފަރުވާ ކުޑަކުރިކަމަށް ބުނެ ލިބުނު ޝަކުވާއަކާއި ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: