ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގައި ވަކިބަޔަކު ބޭނުންވާ ލިސްޓެއް ނޯންނާނެ: އަސްލަމް

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގައި ވަކި ބޭފުޅުން ބޭނުންވާ ލިސްޓެއް ނޯންނާނެ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ސުވާލުގައި ވިދާޅުވެފައިވަނީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގައި ވަކި ލިސްޓަކަށް ބަލައިގެން އެކަން ކުރާ ކަމަށެވެ. އެގޮތުން ސަރުކާރަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ގެންގުޅޭ  ލިސްޓަކަށް ބަލައިގެން ގޯތި ނުވަތަ ފްލެޓް ދޫކުރާނެ ކަމަށް އަޑުފަތުރާ ކަމަށާއި އެއީ ސަރުކާރުގެ ނިންމުންތޯ  އިންތި ވަނީ ވިދާޅުވެފައެވެ.

އިންތިގެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ އެފަދަ ލިސްޓެއް ނޯންނާނެ ކަމަށާއި އެވާހަކަ ބަޔަކު ދައްކަނީ ކީއްވެކަން ނޭނގޭ ކަމަށާއި އެކަން އެނގިނުލައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަޅުގަނޑަކަށް ނޭނގެ ބޭފުޅުން އެގޮތަށް ވާހަކަ ދައްކަވާ ކަމެއްވެސް. އަދި އަޅުގަނޑަކަށް އެކަން އެނގިފައެއްވެސް ނެތް. އެކަހަލަ ވާހަކައެއް އަޑެއްވެސް ނާހަން. އަދި އެފަދަ ވާހަކައެއް ބޭފުޅަކު ދެއްކެވި ކަމުގައި ވިޔަސް އެއީ ހަގީގަތެއް އޮތް ވާހަކަ އެއް ނޫން.

އަސްލަމް ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ފިޔަވައި އިތުރު އެހެން ބަޔަކު މާލެއިން ގޯތި ދޫކުރަނީ ވަކި ލިސްޓަކަށް ބަލައިގެން ކަމަށް ވާހަކަ ދެކެވޭނަމަ އެވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ގޯތި ލިބޭ މީހުންނަށް ގޯތީގެ ލިޔުން ހަވާލުކުރާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހް ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވާ ފަސްހާސް ގޯތީގެ އަދަދު އިތުރު ކުރުމަށް ވަނީ ނިންމާފަ ކަމަށާއި އެމަސައްކަތް ކުރިއަށްދާ ކަމަށެވެ.  އެގޮތުން މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވައި، ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ހުޅުމާލެއިން 1،000 ގޯތީގެ އިތުރުން ގުޅީފަޅުން 2،000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައި މަދުވެގެން 2،000 ގޯތި މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުން ދޫކުރުމަށް ނިންމާފައިވާ ގޯތީގެ އަދަދު އިތުރު ކުރުމަށް ނިންމާފައިވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ކުރިން ސަރުކާރުން ހާމަކުރި އަދަދަށް ވުރެ ގިނައިން ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ދެންނެވި ގޮތަށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތާއި އެ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނަކަމަށް ރައީސް ސާލިހު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: