ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރިޖުގެ މަޝްރޫއު ކުރިއަށްދާ ގޮތް ލަސް، ނަމަވެސް ވަގުތު އިތުރެއް ނުކުރާނަން: އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބުރިޖުގެ މަޝްރޫއުގައި ލަސްތަކެއް އެބަހުރިކަމަށާއި، ނަމަވެސް ވަގުތު އިތުރެއް ނުކުރާނެކަމަށް ޕްލޭނިން މިނިސްޓަރ އަހުމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް މިނިސްޓަރު އަސްލަމް ހާޒިރުކޮށްފައިވާއިރު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ތިލަމާލެ ބުރިޖާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. ބުރިޖުގެ މަޝްރޫއު ކުރިއަށްދާތަން ނުފެންނަކަމަށް ފާހަގަކޮށް މެންބަރު ސުވާލުކުރެއްވީ ބުރިޖުގެ މަޝްރޫއު ނިމޭނެ ތާރީހާއި ގުޅިގެންނެވެ. އަދި ބުރިޖުގެ މަޝްރޫއު އަވަސްކުރުމަށް އިތުރަށް ހަރަދުކޮށްފައިވާކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ.

ބުރިޖު އެޅުމުން މާލޭގައި ތޮއްޖެހުން ބޮޑުވާނެކަމަށާއި، އެހެންކަމުން ގޯތި ދޫކުރުމަށް ވެށިފަހި މާލެ ޕްރޮގްރާމްއަށް އިސްކަމެއްދެއްވާނެތޯ ސުވާލުކޯށް އިބްރާހީމް ރަޝީދު ވިދާޅުވީ އެއީ އެމްޑީޕީގެ ވައުދެއްކަމަށެވެ.

އަސްލަމް ވިދާޅުވީ މިހާރުވެސް ކޮންޓްރެކްޓްގައި އޮތް ގޮތަށް މަޝްރޫއު ކުރިއަށްދާނެކަމަށެވެ. ނަމަވެސް މަޝްރޫއުގެ ޝެޑިއުލްއަށް ބެލުމުން ޑިލޭތަކެއް އެބަހުރިކަމަށާއި، މަސައްކަތްކުރެވިފައި އޮތީ މިހާތަނަށް އަންނައިރު މަސައްކަތްކުރެވިފައި އޮންނަންޖެހޭނެ މިންވަރަށް ނޫންކަމަށް ފާހަގަކޮށް އަސްލަމް ވިދާޅުވީ ނަމަވެސް އޭގެ ތެެރެއިން ކޮންމެސް މިންވަރެއް ކެޗަޕްކުރެވޭނެ އަސްލަމް ވިދާޅުވިއެވެ.

ތަފްސީލުތައް އިނގޭ އަޅުގަނޑަށް، އެހެން ނަމަވެސް އެހުރިހާ ވާހަކައެއްނުދައްކާ، ކެޗަޕް ކުރެވޭނެ.

މަޝްރޫއު ނިންމުމަށް މިހާރުދީފައިވާ ވަގުތު އިތުރުނުކުރާނެކަމަށް އަސްލަމް ވިދާޅުވިއެވެ. މަޝްރޫއު ކުރިއަށްދާކަމަށާއި، ގުޅީފަޅުގައި ކާސްޓިން އެޅުމާއި މިފަދަ މަސައްކަތްތައް ކުރިއަށްދާކަމަށް އަސްލަމް ވިދާޅުވިއެވެ.

ގޯތި ދޫކުރުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މާލެ މީހުންނަށް ދޫކުރާ ގޯތިން، ގޯއްޗެއް އޮތް މީހަކަށް ގޯތި ލިބިއްޖެނަމަ އެ ގޯތި ދޫކޮށްލަންޖެހޭކަމަށެވެ. ނަމަވެސް މިފަހަރު ދޫކޮށްލާ ގޯތި، ލިބޭނީ ގޯތީގެ ވެރިމީހާގެ ވާރިސުންގެ ގޮތުގައި ތިބި މީހުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: