ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ރަށްވެހިންގެ ފްލެޓުތައް، ކުންފުނި ވެރިންނަށް ބަހާލުމުން މާލެ މެމްބަރުން ކަންބޮޑުވާނެ: ނަޝީދު

ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލު ކުރަމުންދާ މާލޭގެ ރައްޔިތުންނަށް ދޭންހުރި ފްލެޓްތައް، ކުންފުނިތަކުގެ ވެރިންނަށް ބަހާލުމުން  މާލެއަށް ނިސްބަތްވާ މެމްބަރުން ކަންބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅިގެން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ހައުސިން މިނިސްޓަރު އަސްލަމް އާއި ކުރެއްވި ސުވާލުގެ ޖަވާބަށް ފަހު ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން އަސްލަމް މަޖިލީހަށް ވަޑައިގެން ޖޫންމަހު ތެރޭގައި މާލޭ ރައްޔިތުންނަށް ގޯތި ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އޭގެ ކުރީފަހަރު ވިދާޅުވީ މެއި މަހެއްގެ ވާހަކަ. ދެން އަޅުގަނޑު އެބަހުރި މިތަނުގައި އެކި އެކި މަސްތައް މިތަނުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާ ވަހިކަމެއް ހޯދައިދިނުމާ ގުޅޭގޮތުން ކަނޑައަޅުއްވާފަ. އަޅުގަނޑުމެން އިއްޒަތްތެރި މެމްބަރުން އެކުރައްވާ ސުވާލާއި ކަންބޮޑުވާ މިންވަރާ އެއީ ހަނދުމަފުޅު ބަހައްޓަވާތި އެއީ ރައްޔިތުން އެކަމާ ކަންބޮޑުވާތީ އެވާހަކަ މެމްބަރުން ގާތު ދައްކަވާތީ.

އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ދޭނެކަމަށް އެކި ފަހަރުމަތިން ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެކަން ލަސްވަުމުންދާ ކަމަށެވެ.

ދައުރު ނިމެމުންދާ ކަމަށާއި ހަތަރު އަހަރު ފާއިތުވެގެންދިޔައިރު ސަރުކާރުން ދޭން ބުނި ގޯތިތައް އަދި މިހާތަނަށް ދެވިފައިނުވާކަން އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގައި ހިމެނޭ ގޯއްޗާއި ފްލެޓް ލިބޭނެ ދުވަހެއް ސާފުކޮށްދިނުމަށް އެދި އަސްލަމްގެ އަރިހުން އޮޅުން ފިލުއްވައިދެއްވުން އެދި ސުވާލުކުރައްވާފައެވެ.

އާޒިމްގެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ގޯއްޗާއި ފްލެޓް މާލޭގެ ރައްޔިތުންނަށް ދޭނެ ކަމަށެވެ.

ހަމައެކަނި ލިޔުމެއް ނޫން ދޭނީ. ގޯތި ދައްކާފަ އެކަންކުރާނީ

އަސްލަމް ވިދާޅުވީ ބައެއް ފްލެޓްތައް ސީދާ ވަންނަ މިންވަރަށް ނުނިމި ހުރެދާނެ ކަމަށާއި ނަމަވެސް އޭގެ ބޮޑުބައި ނިމިފައިވާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ ގިނަ ފްލެޓްތަކުގެ މަސައްކަތް އެއްކޮށްފުރިހަމަ ވެފައިވާނެ ކަމަށެވެ.

އެއްބައި ފްލެޓްތައް ހަމަ ނިމޭނެ އެކީގައި. އަޅުގަނޑު ނެތިން ދަންނަވާކަށް އަޅުގަނޑުމެން އުއްމީދުކުރި ހުރިހާ އެއްޗެއް ސަތޭކަ ޕަސެންޓް ނިމޭނެ ކަމަކަށް. ދެން އޮންގޮއިން މަސައްކަތްތައް ވެސް އޭގެ ތެރޭގައި ހުންނާނެ ދައުރު ނިމިގެންދާއިރު. އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް އެގޯއްޗާއި ފްލެޓް އަޅުގަނޑުމެނަށް ދެވޭނެ ކަމުގެ.

އަސްަލަމް ވިދާޅުވީ މިއަދު އަދި ތިބީ ފްލެޓް ދެވޭނެ ކަމުގެ އުއްމީދުގައި ކަމަށާއި އެކަން ހަގީގަތަކަށް ވެގެންދާނެ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް މާލެ އާއި ހުޅުމާލެ އާއި ގިރާވަރު ފަޅު ހިއްކައިގެން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމައި އެކަން ރައީސް ވަނީ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވާފައެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ފަސްހާސް ގޯތި ދައުރު ނިމުމުގެ ކުރިން ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: