ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ހައްގު ގޮތުގައި އެމަނިކުފާނުގެ މަގާމު އަދާ ނުކުރައްވާ: މެމްބަރު އަލީ ހުސައިން

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ހައްގު ގޮތުގައި އެމަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އެ އަހަރަކު ސަރުކާރުގެ ވުޒާރާ ހިންގުމައްޓަކައި ކުއްޔަށް ހިފާފައިވާ ތަންތަނަށް ސަރުކާރުން ހަރަދުކުރަމުންދިއުމާއިއެކު ކަންބޮޑުވުން ފާޅުކޮށް ހުށައަޅާފައިވާ ގަރާރާއިމެދު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ގަރާރުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެކަމުގެ ސަބަބުން ކޮރަޕްޝަންއަށް މަގުފަހިވެގެންދާކަން ކަމަށެވެ.

އެނާ ވިދާޅުވީ، ގަރާރުގައި އެ ވަނީ ރަނގަޅު ވާހަކައެއް ކަމަށެވެ. އަދި މަގުފަހިވާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ފަހަކަށް އައިސް އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ކުރެވޭ ހަމައެކަނި މަސައްކަތަކީ ބޮޑެތި އިމާރާތްތަކުން ބޮޑެތި އަދަދު ދީގެން ތަންތަން ކުއްޔަށް ހިފުންކަމަށެވެ. އެނާ ވިދާޅުވީ، މިހާރުވެސް އެ މުއައްސަސާއިން އުޅެނީ އިމާރާތަކުން 4 ފްލޯ ކުއްޔަށް ނަގައިގެންކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، މި ގޮތުގެ މަތިން ކަންކަން ދިމާވެގެންދަނީ ދައުލަތެއްގެ ގޮތުގައި ކަންކަން ހިންގަން ނޭނގުމުގެ ސަބަބުންކަމަށެވެ. އަދި ފާއިތުވެދިޔަ ފަންސާސް އަހަރަށް ބަލާއިރުވެސް ދައުލަތެއްގެ ސިފަ ނުޖެހި އެމީހެއް ކުރާނެކަމެއް ކުރުމަށް ދޫކޮށްލެވިފައިވަނީ ރައީސް ސާލިހުގެ ސަރުކާރުގައިކަމަށް ވިދާލުވިއެވެ.

އެނާ ވިދާޅުވީ، ރައީސް މައުމޫން ރައީސް ނަޝީދު ރައީސް ވަހީދު އަދި ރައީސް ޔާމީންގެ ސަރުކާރުވެސް ފެނިފައިވާކަމަށާއި އެހެން ނަމަވެސް ދައުލަތުގެ އިސްވެރިޔާގެ ބެލުމުގެ ދަށުން ކަންކަން ނެއްޓިގެންދިޔަ މަންޒަރު ފެނިގެން ނުދާކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ފެނިގެންގޮސްފައިވަނީ ހަމައެކަނި އިމާރާތްތައް ކުއްޔަށް ހިފުން ނޫންކަމަށެވެ. އަދި ހާރިޖީ ވަޒީރު އެއް އަހަރު ދުވަހު ބޯޓު ދަތުރު ކުރުމަށް ފޮނުވާލައިގެންވެސް ހުރިކަމަށާއި އެހެންނަމަވެސް މިހާރު ކޮންމެ ރަށެއްގައި ފެނަކަ ކުންފުނީގެ އެތައް އިމާރާތެއް ހުންނަ ވާހަކަތައް މެމްބަރުން ބުނަމުންދާކަމަށް އެނާ ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ، ކުންފުނިތަކުގެ އިސް ވެރިން އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ވަރަކުން ތަންތަން ކުއްޔަށް ނަގަމުންދާކަމަށެވެ. އަދި ފެނިވަޑައިގަތް މިންވަރަކަށް އިމާރާތްތައް ބިނާ ކުރެއްވުމަށް މަސައްކަތްތައްވެސް ފައްޓަވާކަމަށްވީނަމަވެސް ދައުލަތް ހިންގުމަށް ބޭނުންވާ އިމާރާތްތަށް ބިނާ ކުރެވިފައިނުވާކަމަށް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ކުރެވެމުންދާކަންކަން އަދި ވަމުންދާ ކަންކަމާއިމެދުވެސް މެމްބަރުން ސުވާލު ކުރަންޖެހިފައިވާކަމަށެވެ.

އެނާ ވިދާޅުވީ، ރާއްޖޭގައި މަގުބައްތިއެއް ދިއްލަންޖެހުނަސް އަވައްޓެރި ގައުމަކުން ސަލާންޖަހައިގެން ފައިސާ ހޯދަންޖެހޭކަމަށެވެ. އަދި އެއް ރަށާއި އަނެއް ރަށާއި ދެމެދު ދަތުރު ކުރަން ޑިންގީއެއް ހޯދަންޖެހެނީވެސް އެ އުސޫލުގެ ދަށުންކަމަށާއި މާފިލާފުށީގައި ދެ ކޮޓަރީގެ އިމާރާތެއް އަޅަންޖެހުނަސް އަޅަންޖެހެނީ އެ އުސޫލުގެ ދަށުންކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، މިހާރު ދައުލަތުގެ ދަރަނި އޮތީ 120 ބިލިއަނަށް އަރާފައިކަމަށެވެ. އެހެންކަމުން އެ އަދަދަށް ދަރަނިތައް އަރައިގެން ދިޔަ އިރު ދައުލަތް ހިންގާނެ އޮފީސް އިމާރާތްތައް އެޅިފައިނުވާކަމަށް ފާހަގަކުރައްވާ ކުރެވެމުންދާކަންކަމާއިމެދު އެނާ ސުވާލު އުފެއްދެވިއެވެ.

އަލީ ހުސައިން ވިދާޅުވީ، އިސްރާފު ކުރުން އިންތިހާއަށް އެބަ އޮތްކަމަށެވެ. އެހެންނަމަވެސް ވަށައިގެން ބަލާލުމުން ރައީސް މައޫމޫނުގެ ވެރިކަމަށް ފަހު، މާލެ ސަރަހައްދުގައި ކޯޓު އިމާރާތެއްވެސް އެޅިފައިނުވާކަން ހާމަވެގެންދާކަމަށް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ޖުޑިޝަރީ އިސްލާހުކުރުމާއި ބޭނުންވާ ވަސީލަތްތައް ހޯދުމުގެ ވާހަކަތައް ތަކުރާރުކޮށް ދައްކަމުންދާކަމަށެވެ. އެހެންނަމަވެސް ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައިވެސް ކޯޓުތަކަށް ބޭނުންވާ އިމާރާތްތައް ބިނާ ކުރެވިފައިނުވާކަމަށާއި އިމާރާތްތައް ދަނީ ބާވަމުންކަމަށް ވިދާޅުވިއެވެ. އަދި އާބާތުރަ ފިލުވުމުގެ މަސައްކަތްތައްވެސް ކުރެވިފައިނުވާކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވި، އެކަންކަން ކުރާނެ މީހެއް ނެތްކަމަށެވެ. އަދި ހަގީގަތުގައި ވެގެން އުޅޭ ގޮތަކީ ރައީސް ސާލިހަށް އެމަނިކުފާނުގެ ޒިންމާތައް ހައްގު ގޮތުގައި އަދާ ނުކުރެއްވުންކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އެނާ ވިދާޅުވީ، މިނިސްޓަރުން ކުރައްވާ ކަންކަމަށް އެމަނިކުފާނު އަހައްމިޔަތުކަމެއް ނުދެއްވާކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، ބައެއް މިނިސްޓަރުން އަދި އެމްޑީންވެސް އެމަނިކުފާނަށް މެސެޖު ކުރެއްވުމަށްފަހު، ޖަވާބެއް ނުލިބި މަސްދުވަސް ވެގެންދާކަމަށެވެ. އެހެންކަމުން ކުރަންޖެހޭ ކަމަކީ ރައީސް ސާލިހު ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެގެ ހިންގެވުންކަމަށް އެނާ ވިދާޅުވިއެވެ. އަދި ހީވާ ގޮތުން މިއީ ފަހު “އިރުވައި” ކަމަށާއި ފަހު ހުޅަނގު ނިމުމުގެ ކުރިން ހޭއަރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ދައުލަތުގެ ސިފަ ޖައްސައި ކުލަ ޖައްސާލަން ޖެހިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: