ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ދިމާލަކަށް ބެލިޔަސް ފެންނަނީ ބިދޭސީން އަތް ގަދަކުރަން ދޫކޮށްލާފައިވާ މަންޒަރު: އަލީ ހުސައިން

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދީ ސިނާއަތަަށް ބޭރު ގައުމުތަކުގެ ވިޔަފާރިވެރިން އަތް ގަދަ ކުރުމަށް ދޫކޮށްލާފައިވާ މަންޒަރު ފެންނަމުންދާކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހިންގުންތެރިކަމެއް ނެތްކަމަށް ބުނެ ދާދި ފަހުން އަލީ ހުސައިން ވަނީ މަޖިލީހުގައި ރައީސް ސާލިހުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ދިވެހިރާއްޖޭގައި ގިނަ އަދަދެއްގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައްވެސް ބިދޭސީން ހިންގަމުންދާކަމަށް ބުނެ އާންމުންގެ ތެރޭގައި ވާހަކަތައް ދެކެވެމުންދާއިރު، އަލީ ހުސައިން ވިދާޅުވީ، ހުރިހާ ދިމާލަކުންވެސް ފެނިގެންދަނީ ރާއްޖޭގައި ބިދޭސީން އަތް ގަދަ ކުރަމުންދާ މަންޒަރުކަމަށެވެ.

އެނާ ވިދާޅުވީ، ތިލަފުށިން ފެށިގެން ރާއްޖޭގެ ކަނޑުއަޑީގެ ޗާޓަށް ބަލާލުމުންވެސް ފެންނަނީ އެ މަންޒަރުކަމަށެވެ. އެހެންކަމުން އުތުރު ތިލަފަޅާއި ހަނިމާދޫގެ ވާހަކަތައް ދެއްކުމުގެ ބޭނުންތެރިކަމެއްވެސް ނެތްކަމަށް އެނާ ވިދާޅުވިއެވެ.

އަލީ ހުސައިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާއިރު، ތިލަފުށިން ހިއްކާ ބިމުން ޕްލޮޓުތަކެއް ބީލަމުގެ އުސޫލުން ވިއްކުމަށްވަނީ އިއުލާނުކޮށްފައެވެ. ވިއްކަން ހުޅުވާލާފައިވަނީ ބޭރުގެ ކުންފުނިތަކަށްވެސް އެ ބިން ގަތުމަށް ހުށައެޅޭނެ އުސޫލެއްގެ ދަށުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: