ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ ދިގު ތާރީހުގައި ނުހިންގާ ވަރަށް ތަރައްްގީގެ މަޝްރޫއުތައް ރައީސް ސާލިހްގެ މިހަތަރު އަހަރު ހިންގައިފި: ރަސްމާދޫ ކައުންސިލް

ރަސްމާދޫ ކައުންސިލް އާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ދިގު ތާރީޚުގައި ދުވަހަކުވެސް ރަސްމާދޫގައި ނުހިންގާވަރަށް މި ފާއިތުވެދިޔަ ހަތަރު އަހަރުގައި އެ ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާކަމަށް ރަސްމާދޫ ކައުންސިލުން ބުނެފިއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާ އެކު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި މި ސަރުކާރާމެދު އިތުރު އުންމީދުތަކެއް އޮތް ކަމަށް އެކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ރަށުގެ ތަރައްގިގެ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ރަސްމާދޫ ކައުންސިލުން ރައީސް އާ ހިއްސާ ކުރައްވާފައިވެއެވެ.

ރަސްމާދޫ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ރަސްމާދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުކަން ފާހަގަކުރައްވައި، ފްލެޓް އެޅުމަށް ބޭނުންވާކަން ހިއްސާކުރައްވާފައެވެ. މީގެ އިތުރުންވެސް ރަށުގެ މަގުތައް ނުހެދި އޮތުމުން ދިމާވާ ދަތިތަކާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަމުގެ އިތުރުން ޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި، ބަނދަރުގައި ރޭމްޕެއް އެޅުމާއި، މޫދަށް އެރޭ ސަރަޙައްދެއްގެ އިތުރުން، ކުޅިވަރު ކުޅުމަށް ބޭނުންކުރަން ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަސްމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ކުރިޔަށްގެންދެވޭނެ ކަންކަމަކީ ކޮބައިތޯ ބައްލަވާނެ ކަމަށާއި، އަދި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ގޮތަކަށް ކަންކަން ނިންމަވައިދެއްވާނެ ކަމުގައި ވިދާޅުވެފަވެ.

މީގެ އިތުރުން ވެސް ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ކަންކަމާއި ތަރައްޤީގެ މުހިންމު ކަންކަން ސަރުކާރުން ކުރިޔަށް ގެންދަނީ ރަށްެރަށުގެ އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: