ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަމަށް ވިދާޅުވުމުން ސަބަބުވެރި އިންސާނަކު ގަބޫލެއް ނުކުރާނެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަމަށް ވިދާޅުވުމުން ސަބަބުވެރި އިންސާނަކު ގަބޫލު ނުކުރާނެކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

“ޤަޟާއީ އަހަރު 2023” އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަޞައްވުރު، މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށެވެ. އަދި ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުންކަމަށާއި، އެ އިތުބާރު އުފެއްދުމަކީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއްކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން. އެ އިތުބާރު އުފެއްދުމަކީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް

ޢަދުލަށް ޙުކުމް ކުރުމުން ފަނޑިޔާރުގެ އާއި މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޙުކުމަކީ، ކަމުގެ މުއާލާތް ނުކެނޑެނީސް، ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން އިއްވާ ޙުކުމަކަށް ވާން ޖެހޭނެކަމަށެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އަކީ ސިޔާސީ ޕާޓީއެއްގެ ހަރުގެއެއްފަދައިން ސިފަކުރައްވާ އަލީ ހުސައިން ވިދާޅުވީ މިހެން ކަން އޮންނައިރު ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަމަށް ވިދާޅުވުމުން ސަބަބުވެރި އިންސާނަކު އެކަން ގަބޫލުނުކުރާނެކަމަށެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވެފައިވަނީ ގިނަ ފަނޑިޔާރުން އަދިވެސް ތިބީ ސުލޫކީވެދާނެކަމަށް ޖެހިލުންވެ، ބިރުންކަމަށެވެ.

މީގެ ކުރިންވެސް އަލީ ސާލިހު ވަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބަދަލުކުރުމަށް ސަރުކާރުން ވީ ވައުދު އަދިވެސް ފުއްދާފައިނުވާތީވެސް ނުރުހުންވުން ފާޅުކޮށްފައެވެ.

އެގޮތުން އޭނާ ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން ވީ އެންމެ މުހިއްމު އަދި ރައްޔިތުން އެ ވައުދެއްގެ މައްޗަށް އެންމެ އުއްމީދުކުރި ވައުދަކީ ޖުޑިޝިއަރީ އިސްލާހުކުރުންކަމަށެވެ. އަދި މީގެ ތެރެއިންވެސް އެންމެ މުހިއްމު ވައުދަކަށް ވެގެންދިޔައި ޖުޑީޝިއަރީ ކޮމިޝަން އޮތް ގޮތް ނުވަތަ އެ ކޮމްޕޮސިޝަން ބަދަލުކުރުންކަމަށް ފާހަގަކުރެއްވިއެވެ. އަލީ ހުސެއިން ވިދާޅުވީ ނަމަވެސް ޖޭއެސްސީ ކޮމްޕޮސިޝަން ބަދަލުކުރުން ނޫން އެހެން ހުރިހާ ބިލްތަކެއް ދަނީ މަޖިލީހަށް ހުށައެޅެމުންކަމަށާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު އޮއްވާ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށައެޅޭކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނު ރިވިއުކޮށް، އަދުލު އިންސާފުގެ ދާއިރާއާގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރުވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ. ނަމަވެސް މި ވައުދުފުއްދުމުގެ މަސައްކަތްތައް ފަށާފައިވަނީ ވެރިން ނިމެން އަހަރަކަށްވެފައިވަނިކޮށެވެ. އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މައުލޫމާތުދެއްވާފައިވާގޮތުގައި މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށް ގަސްދުކުރާ ބިލުތަކުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: