ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ އޮތީ ސިޔާސީ ޕާޓީއެއްގެ ހަރުގެއެއް ގޮތުގައި: އަލީ ހުސައިން

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން އޮންނަނީ ސިޔާސީ ޕާޓިއެއްގެ ހަރުގެއެއް ގޮތުގައިކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

“ގަޟާއީ އަހަރު 2023” ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރާއްޖޭގެ ޝަރުއީ ދާއިރާ އޮތީ މިނިވަންކޮށްކަމަށާއި، ދާއިރާގެ ތެރޭގައި ނިންމޭ ނިންމުންތަކަށް ރައްޔިތުންގެ މެދުގައި އިތުބާރު ހިފެމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ވާހަކަތަކަށް އިޝާރާތްކުރައްވާ އަލީ ހުސައިން ވިދާޅުވީ، ޖޭއެސްސީ ހިންގަމުންދަނީ ސިޔާސީ ޕާޓީއެއްގެ ހަރުއެއްގެ ގޮތުގައިކަމަށެވެ.

އެނާ ވިދާޅުވީ، ޖޭއެސްސީ އެފަދަ ހާލަތެއްގައި އޮތްއިރު، ފަނޑިޔާރުގެތަކަށް ނުފޫޒެއް ނުފޯރާކަމަށް ރައީސް ސާލިހު ވިދާޅުވި ވިދާޅުވުމަކީ ސަބަބުވެރި އިންސާނަކު ގަބޫލު ކުރާނެ ވާހަކަތަކެއް ނޫންކަމަށެވެ. އަދި ގިނަ ފަނޑިޔާރުން އަދިވެސް ތިބީ ސުލޫކީ މައްސަލައެއް ބަލަން ފަށާފާނެ ދުވަހަކާއިމެދު ބިރުންކަމަށް އެނާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަތަކަށް އަލީ ހުސައިން ފާޑުވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވިކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްޗަށް ތުހުމަތުތަކެއް ކުރެވިފައިވާ މައްސަލައެއް ފެންމަތިވެގެންދިޔަކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: