ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑު ގަވަމެންޓު ސަމިޓު 2023ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޑުބާއީއަށް ވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫއޭއީގައި ބާއްވާ ވޯލްޑު ގަވަމެންޓު ސަމިޓު 2023 ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ޑުބާއީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން، ނައިބު ރައީސް ފައިސަލް ޑުބާއީއަށް ކުރައްވާ ދަތުރަކީ، ޔޫއޭއީގެ ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓަރު އޮފް ޑިފެންސް އަދި ޑުބާއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އަލް މަކްތޫމުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.

ޑުބާއީގައި ކުރިއަށް ގެންދާ ވޯލްޑު ގަވަރމެންޓު ސަމިޓު 2023 ކުރިއަށް ގެންދާނީ މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަގުބަލެއް ހޯދުމަށް އަމާޒުކުރެވޭ 6 ތީމެއްގެ މައްޗަށް ކަމަށްވެސް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ. އަދި މި ސަމިޓުގައި ދުނިޔޭގ އެކި ކަންކޮޅުތަކުގެ ލީޑަރުންނާއި، އެކި ދާއިރާތަކުގެ މާހިރުންގެ އިތުރުން ނިންމެވުންތައް ނިންމުމުގެ އިހުތިޔާރު އޮތް ފަރާތްތައްވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ފާހަގަކޮށްފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން، މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ދެމެދު ހިޔާލު ބަދަލުކޮށް، މުސްތަގުބަލަށް މުހިންމުވާނެ ތަރައްގީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ހިޔާލާ މަޝްވަރާތައްވެސް ކުރެވިގެންދާނެއެވެ.

ނައިބު ރައީސް ފައިސަލް މި ސަމިޓުގައި ތަގުރީރުކުރައްވާނެކަމަށްވެސް ބުނެފައިވެއެވެ. އެމަނިކުފާނު ތަގުރީރު ކުރައްވާނީ ސަމިޓުގެ “ފިއުޗާރ އޮފް ވޯކް” ފޯރަމްގައިކަމަށާއި، ދެ ސަރުކާރު ދެމެދު ގާއިމު ކުރެވިފައިވާ “މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް” އިފްތިތާހު ކުރުމުގެ ރަސްމިޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ބުނެފައިވެއެވެ. ނައިބު ރައީސް ރާއްޖެ އެނބުރިވަޑައިގަތުމަށް ކަނޑައެޅިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: