ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ 40 އިންސައްތަ ވެރިކަމެއްގައި ރާއްޖެ ޑްރަގް ކާޓެލްއަކަށް ވާކައް ބޭނުމެއް ނޫން: ހަސަން ލަތީފް

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ 40 އިންސައްތަ ވެރިކަމެއްގައި ރާއްޖެ ޑްރަގް ކާޓެލްއަކަށް ވާކައް ބޭނުމެއް ނޫންކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

ޕާޓީގެ ފަޜާތުން ވިޕްލައިނެއް ނެރުނު ނަމަވެސް މި ކުއްލި މައްސަލައާއި ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ވަނީ ފާސްވެފައެވެ. ފެންނަ ކަމަށް 24 މެންބަރުން ވޯޓުދެއްވާފައިވާއިރު ނުފެންނަކަމަށް ވޯޓުދެއްވީ 16 މެންބަރުންނެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން އަނބުރާ ފޮނުވާލެވޭ ގޮތައް އޮތް “މަސްތުވާތަކެއްޗާއިބެހޭ ޤަވާއިދު” އިން އެބައި އުނިކުރުމަށާއި ޤަވާޢިދު އިސްލާޙުކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މި މައްސަލަ ހުށައެޅީ ވަރަށް މުހިންމު ސަބަބެއް އޮވެގެންކަމަށެވެ. އަދި ހަސަން ލަތީފް ކަންބޮޑުވުންފާޅުކުރެއްވީ އޭނާ ހުށައެޅުއްވި މި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ތްރީ ލައިން ވިޕެއް ނެރެފައިވާތީއެވެ.

ހަސަން ލަތީފް ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނާއި ދޭތެރޭގައި އަމަލުކުރަން އޮންނަގޮތަށް، އަމަލުކުރެވޭގޮތަށް އެ ގަވާއިދު ބަދަލުކުރުމަކީ ސަރުކާރުންވެސް ކުރަންޖެހޭކަމެއްކަމަށް ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ މިފަދަ އެތައް ބައިނަލްއަގުވާމީ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް އޭނާގެ ފިކުރު ތަފާތުވުމުން މި މައްސަލަ ބަލައިނުގަތުމަށް ޕާލިމަންޓް ގުރޫޕުން ރެޑް ވިޕްލައިން ނެރުނު ބޭފުޅުންނަކީ އެއްވެސްކަމެއްގައި ސަރުކާރަށް ފަސޭހަވާނެ ގޮތަށް އަދި މި ސަރުކާރުން ކުރާ ކަންކަމަށް ހިތްވަރު ނުވަތަ ތާއީދު ލިބޭނެގޮތަކަށް އަމަލުކުރައްވަން ބޭނުންވާ ބޭފުޅުންނެއްނޫންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މި މައްސަލަ ހުށައެޅުއްވި ސަބަބެއްކަމަށް ހަސަން ލަތީފް ފާހަގަކުރެއްވީ ރާއްޖެއަށް އެތެރެވާ ބިދޭސީން އެތައް ބައިވަރު ބާރުގަދަ މަސްތުވާތަކެއްޗެއް ހިފައިގެން އައި ނަމަވެސް އެ ބިދޭސީ މިހާ ގަވާއިދުގެ ދަށުން ސަލާމަތްވުމެވެ. ޖަރިމާ ހިންގުމަށްޓަކައި ސަރުކާރު ހިމެނޭ ގޮތަށް ޑްރަގް ކާޓެލްއެއް ނުވަތަ ޑްރަގް ނެޓްވޯކެއްގެ ތެރެއަށް ސަރުކާރު ވައްދާކަމަށް ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ އޭނާ އެ ކުއްލި މައްސަލަ ހުށައެޅުއްވީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމަށްޓަކައިކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ސަރުކާރުތަކުގައި ތިބޭ ބާރުގަދަ ބައެއް ވަޒީރުނާއި އަދި ބާރުގަދަ ބައެއް އެހެން ބޭ ބޭފުޅުން، އެ ބޭފުޅުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ މަންޒަރު ފެނޭ. އެބޭފުޅުންގެ މަގްސަދަކަށް ވެފައި އޮންނަނީ ފައިސާ. ފައިސާއާއި ނުފުޒުގެ ބޭނުންކޮށްގެން މިކަންކަން ކުރުން. އެ ނުފޫޒު ހޯދުމަށްޓަކައި، ފައިސާ ހޯދުމަށްޓަކައި ބޭރުގެ އެކިއެކި ނެޓްވޯކްތަކާއި ގުޅިގެން އެ ގައުމުތަކުގައި ސަރުކާރުތަކުން އެކަން ކުރޭ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވަޒީރުން މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ އެއީ ފައިސާގެ ބޭނުމުގައިކަމަށެވެ. ފައިސާއާއި ނުފުޒު ހޯދުމަށްޓަކައި ބޭރުގެ އެކިއެކި ނެޓްވޯކުތަކާއި ގުޅިގެން ބައެއް ގައުމުތަކުގައި ސަރުކާރުން އެކަން ކުރާކަމަށް ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ ނިޒާމީ ގޮތެއްގައި ރޭވިގެން މިކަންކަން ގައުމުތަކުގައި ކުރެވިގެންދާގޮތަށް ރާއްޖޭގައި އެކަން ކުރެވެން ބޭނުން ނޫންކަމަށެވެ. އަދި ހާއްސަކޮށް އެމްޑީޕީގެ 40 އިންސައްތަ ވެރިކަމެއްގައި މިފަދަ ކަންކަން ހިނގަން ބޭނުންނޫންކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީއިން އެއްވެސް ކަހަލަ ތަހުގީގެއް ނުވަތަ ސުވާލުކުރުމަކާއި ނުލައި ފޮނުވާލެވިގެންދާތީ ސަރުކާރުގެ ބޮލުގައި އެތައް ތުހުމަތުތަކެއް އެޅިގެންދާކަމަށް ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގައި އެންމެ ކަންބޮޑުވާ ކަންކަމާއި ގުޅިގެން ސުވާލުކުރިއިރު، ސާވޭގައި ބައިވެރިވީ މީހުން 3 ވަނައަށް އެންމެ ގިނައިން ދީފައިވާ ޖަވާބަކީ މަސްތުވާތަކެތީގެ މައްސަލަކަމަށެވެ.

ނެޝަނަލް ސާވޭ އޮފް ރެސިޑެންސް އޮފްދަ މޯލްޑިވްސްގެ ނަމުގައި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގައި، ދިވެހިން ރާއްޖެއާއި ދޭތެރޭ ދެކޭ ގޮތް، ދައުލަތާއި ދޭތެރޭ ދެކޭ ގޮތް. ދައުލަތުގެ އެކި އެކި ކަންކަމާއި ދޭތެރޭ ދެކޭ ގޮތް ދެނެގަތުމަށްޓަކައި ވަނީ ސާވޭ ކޮށްފަ. އަދި އެ ސާވޭގެ ނަތީޖާ ވަނީ 8 ނޮވެމްބަރު 2022 ގައި ޝައިއުކޮށްފަ. އެ ސާވޭގައި ސުވާލުކުރެވުނު މީހުންގެ ތެރެއިން އެމީހުންނާއި ކުރެވުނު އެއް ސުވާލެއް އެއީ އެންމެ ކަންބޮޑުވާ ކަންކަމަކީ ކޮބައިތޯ ރާއްޖޭގައި. އޭގެ ތެރެއިން 3 ވަނަ އަށް އެންމެ ކަންބޮޑޫވާކަމެއްގެ ގޮތުގައި އެ ސާވޭ ކުރެވުނު މީހުން ޖަވާބުދީފައިވަނީ މަސްތުވާތަކެތީގެ މައްސަލަ.

ބޮޑެތި އަދަދުން މަސްތުވާތަކެތި އެތެރެކުރާ މީހުން ދެނެނުގަނެވި، އެމީހުން ދޫވެފައި ތިބުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއްކަމަށް ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ ބިދޭސީއިން ހައްޔަރުކޮށް ރާއްޖޭގައި ބޭތިއްބުމުން އެކަމަށް ގިނަ ހަރަދުތަކެއްދާކަމަށް މި ގަވާއިދު އިސްލާހުކުރުމާއި ދެކޮޅު މީހުން ވިދާޅުވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެކަމަށް ރައްދުދެއްވާ ހަސަން ލަތީފް ވިދާޅުވީ ދައުލަތަކުން ކުރަންޖެހޭ ހަރަދުކުރަންޖެހޭނެކަމަށެވެ. މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މަންޒިލަކަށް ރާއްޖެވެގެންދާއިރުވެސް މައްސަލައަކީ ހަރަދު ބޮޑުވުންތޯ ހަސަން ލަތީފް ސުވާލުކުރެއްވިއެވެ. އަދި އޭނާ ގޮވާލީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހުން ހައްޔަރުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: