ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގު ގެންނަ ބިދޭސީން ފުރުވާލުން: ކުއްލި މައްސަލައާއި ދެކޮޅަށް ވިޕް ނެރުނީ ޕީޖީއާއި މަޝްވަރާނުކޮށް މައްސަލަ ހުށައެޅީމަ!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުޙައްމަދު އަސްލަމް :- ފޮޓޯ_ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރާ ބިދޭސީއިން އެއްވެސް ކަހަލަ ތަހުގީގެއް ނުހިންގާ ރާއްޖެއިން ފޮނުވާލެވޭ ގޮތަށް ގަވާއިދުގައި އޮތް އޮތުން އިސްލާހުކުރުމަށް ގޮވާލާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށައެޅުއްވި މައްސަލައާއި ދެކޮޅަށް ޓޫ ލައިން ވިޕެއް ނެރުނީ، ޕާލިމަންޓް ގުރޫޕާއި މަޝްވަރާނުކޮށް ރުހުން ނުހޯދާ މައްސަލަ ހުށައެޅުއްވީމައިކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީއިން މަސްތުވާތަކެތި އަތުލުމަށްފަހު ފޮނުވާލެވޭ ގޮތަށް އޮންނަ ގަވާއިދަށް އިސްލާހު ގެނައުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށައެޅުއްވުމުން އެ މައްސަލަ ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ވަނީ ވިޕެއް ނެރެފައެވެ. މިކަމާއި ގުޅިގެން ނުރުހުން ފާޅުކޮށް، ހަސަން ލަތީފް ޕާޓީއަށް ފާޑުކިޔުން އަމާޒުކޮށްފައިވާތީ އެކަމާއި ގުޅިގެން “ސަންގާއި” ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ތެރޭގައި އުސޫލުތަކެއް ކަނޑައެޅިފައި އޮންނަކަމަށެވެ. އަދި އޭނާއަށްވެސް ހިތުހުރި ގޮތަކަށް ޕާލިމަންޓް ގުރޫޕް ނުހިންގޭކަމަށް ވިދާޅުވިއެވެ.

މިއަދު ހެދުނު 10:30 ގައިވެސް ޕާލިމަންޓް ގުރޫޕުގެ ބައްދަލުވުމެއް ބޭއްވިކަމަށް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެހެން ނަމަވެސް ޕާލިމަންޓް ގުރޫޕުގެ ބައެއް މެންބަރުން އެއްގޮތަކަށްވެސް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަންނަވާކަމަށެވެ. އަދި އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގެ މަޝްވަރާ ޕާލިމަންޓް ގުރޫޕާއި ހިއްސާނުކުރާކަމަށް ވިދާޅުވިއެވެ.

ހަސަން ލަތީފް ހުށައެޅުއްވި ކުއްލި މައްސަލައާއި ދެކޮޅަށް ވިޕް ލައިނެއް ނެރުނީ ޕާލިމަންޓް ގުރޫޕުން ނިންމާފައިވާ ނިންމުމަކާއި ހިލާފުވެފައިވާތީކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕާލިމަންޓް ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ހުށައެޅުމެއް ހުށައެޅުއްވޭނީ ޕާލިމަންޓް ގުރޫޕުގެ މަޝްވަރާއާއި ރުހުމާއި ލައިގެންކަމަށެވެ. ނަމަވެސް މި މައްސަލަ ހުށައެޅުއްވިއިރު އެފަދައިން އަމަލުކޮށްފައިނުވާކަމަށް އަދި އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެ ކުއްލި މައްސަލައިގައި ދެ ތުހުމަތެއް ކޮށްފައިވާކަމަށް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކްކުރުމަށް ސަރުކާރުން އެއްބާރުލުންދޭކަމަށް ބަޔާންކޮށްފައި އޮތްކަމަށާއި، އަދި ގާނޫނާއި ހިލާފަށް ގަވާއިދެއް ހަދާފައިވާކަމަށްވެސް ބަޔާންކޮށްފައި އެބައޮތްކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ގާނޫނާއި ހިލާފަށް ގަވާއިދެއް ހެދިފައިވާކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ގަބޫލުނުކުރާކަމަށެވެ.

މިއީ ޓޫ ލައިން ވިޕެއްކަމަށް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެހެންކަމުން ވިޕާއި އެއްގޮތަށް ވޯޓުދޭން ޖެހޭނީ މަޖިލީހުގައި އޭރު ތަޅުމުގައި ހާޒިރުވެ ތިބޭ ޕާޓީގެ މެންބަރުންކަމަށެވެ.

އަސްލަމް ވިދާޅުވީ ގާނޫނާއި ހިލާފަށް ގަވާއިދެއް ހަދާފައިވަނީނަމަ އެއާއި ބެހޭ ގޮތުން ވަކާލާތު ކުރައްވަންޖެހޭނީ ކޯޓުގައިކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ޖާގަ ލިބިގެންވަނީ އާންމު ގަވާދުތަކާއި ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށް ބަދަލު ގެނައުމަށްކަމަށާއި، އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ދަށުން ނޫންގޮތަކަށް ހުންނަ ގަވާއިދުތަކާއި ބެހޭ މައްސަލަތަކުގައި ވަޑައިގަންނަވަން ޖެހޭނީ ކޯޓަށްކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ފާހަގަކުރެއްވީ މަސްތުވާތަކެތީގެ މައްސަލަ ހުއްޓުމަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކެވެ. އަސްލަމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި 1.3 ޓަނަށްވުރެ ގިނަ މަސްތުވާތަކެތި އަތުލާފައިވާކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ކުރިއާއިއެކު 1.8 ޓަނުގެ މަސްތުވާތަކެތި މި ސަރުކާރުން ނައްތާލައިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

ހަސަން ލަތީފް ހުށައެޅުއްވި ކުއްލި މައްސަލައާއި ބެހޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މިއީ އަސްލު އޮޅުވާލާ، ސިޔާސީ މަގްސަދެއްގައި ސިޔާސީ މަންފާއެއް ހާސިލްކުރުމަށްޓަކައި ހުށައެޅި ކުއްލި މައްސަލައެއް ކަމަށެވެ. އަދި ވިޕް ނެރުނީ ސަރުކާރު ބަދުނާމު ކުރުމަށް މަސައްކަތްކުރަމުންދާތީކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: